logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ވިސާއާ ނުލައި ދިވެހިންނަށް އޮމާން އަށް ދަތުރުކުރެވޭ ގޮތް ހަދައިފި

ވިސާ އަކާއި ނުލާ ދިވެހިންނަށް މިހާރު އޮމާން އަށް ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ދިވެހިންނަށް ކުރިން ވިސާ ޖެހުމަކާ ނުލައި އޮމާނަށް ގޮސް 14 ދުވަސް އެގައުމުގައި ހޭދަކުރެވޭނެ އެވެ. އެހެން ނަަމަވެސް ވިސާއާ ނުލައި އެގައުމަށް ދަތުރުކުރުމަށް ޓަކައި ވަކި ކަންަތައްތަކެއް ފުރިހަމަ ވާން ޖެހޭނެ އެވެ. އެގޮތުން ދަތުރުކުރާ މީހާގެ ޕާސްޕޯޓްގެ މުއްދަތު ހަމަވާ ތާރީހާއި ދަތުރުކުރާ ތާރީހާ ދެމެދު ހަ މަސް ދުވަހުގެ މުއްދަތެއް އޮންނަން ޖެހޭނެ އެވެ. އޮމާންގައި ހުންނާނެ ހޮޓަލަށް ކުރިއާ ލައި ބުކިން ހަދާފައި ވުމާއި ހެލްތު އިންޝުއަރެންސް އޮތުމަކީ ވެސް ޝަރުތެކެވެ. ވިސާ ނުނަގައި ދަތުރުކުމުގެ އަނެއް ޝަރުތަކީ ފޮރިން މިނިސްޓްރީން ބުނި ގޮތުގއި އޮމާނަށް ދަތުރުކުރުމަށް ފަހު އެނބުރި ރާއްޖެއަށް ދަތުުރުކުރާނެ ޓިކެޓް ވެސް ނަގާފައި އޮތުމެވެ.

"ދިވެހި ސަރުކާރުން ދެކޭ ގޮތުގައި އޮމާނުން ރާއްޖެއަށް ވިސާ އެގްޒެމްޕްޝަނެެއް ދިނުމަކީ އެގައުމާއި ރާއްޖެއާ ދެމެދު ގާތް ގުޅުމެއް އޮތް ކަން ރަމްޒުކޮށްދޭ ކަމެކެެވެ. އަދި އެއީ އޮމާނުން ރާއްޖެއަށް އިސްކަންދޭ ކަމުގެ ހެއްކެކެވެ،" ވިސާއާ ނުލައި އޮމާނަަށް ދަތުރުކުރޭ ނެތް ގޮތް ހަމަޖެހުނުކަން އިއުލާނުކުރަން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *