logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީޑަރުކަން 2 ދައުރު ކުރައްވާފައިވާ ވަލީދާ އެ ޕާޓީން ވަކިވެ ރައީސް ސޯލިހަށް ތާއިދުކުރަން ނިންމައިފި

ޖުމްހޫރީ ޕާޓީގައި 12 އަހަރު ދެގޮތެެއްނުވެ ހުރުމަށްފަހު ކުރީގެ މަޝްހޫރު ފިލްމީތަރި ވަލީދާ ވަލީދު އެޕާޓީން ވަކިވެ ރައީސް ސޯލިހުއަށް ތާއިދު ކުިރުމަށް ނިންމައިފިއެވެ.

ވަލީދާއަކީ 2011 ވަނަ އަހަރުން ފެށިގެން ޖުމްހޫރީ ޕާޓީގައި ވަރަށް ޙަރަކާތްތެރި ކަމާއެކު މަސައްކަތްކޮށްފައި މެންބަރެކެވެ، އެގޮތުން 2 ދައުރެއްގައި އެ ޕާޓީގެ އަންހެނުންގެ ލީޑަރުކަންވެސްކޮށްފައިވާ ވަލީދާ އެޕާޓީން ވަކިވި ސަބަބެއްކަމުގައި ވިދާޅުވެފައިވަނީ އެޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރުމެވެ. ބައެއް މީޑިޔާތަކަށް ވަލީދާ މައުލޫމާތު ދީފައިވާގޮތުގައި ޖުމްހޫރީ ޕާޓީގެ ކުރީސަފުގައި މިހާރު ތިއްބެވި ބޭފުޅުންގެ އިޙްލާސްތެރިކަން ނެތްކަމަަށެވެ. ނަމަވެސް ރައީސް ސޯލިހަކީ އިޙްލާސްތެރިކަމާއެކު ކޯލިޝަން ދަމަހައްޓަވާފައިވާ ބޭފުޅެއް ކަމަށާއި، އަދި ވަރަށް ކެތްތެރި ބޭފުޅެއްކަމަށާއި، އެމަނިކުފާނުގެ ކިބާގައި ވަލީދާ ބަލައިގަންނަ އުސޫލުތަކެއް ހުރުމާއެކު އެމަނިކުފާނަށް 2 ވަނަ ދައުރެއް ހޯދައިދިނުމުގައި ވަލީދާގެ އެއްބާރުލުން ދޭންބޭނުންވާކަމަށެވެ.

ޖުމްހޫރީ ޕާޓީ ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވުމާގުޅިުގެން އެޕާޓީގެ އަސްލު ޒަމާންވީ ބައެއް މެންބަރުން އެޕާޓީން ވަކިވަމުންދާކަން ފާހަގަކުރެވެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *