logo minivan

English

އަންގާރަ, 23 ޖުލައި 2024

ބަރުދަން ލުއިކުރަން ކާންވީ މިކަހަލަ އެއްޗެހި!

ބަރުދަން ލުއިކުރުމަކީ ގިނަބަޔަކަށް ދަތިކަމަކަށް ވާއިރު، އެކަމުގެ މައިގަނޑު އެއް ސަބަބަކީ ކެއިން ބުއިމުގެ އާދަތައް ހުންނަ ގޮތާއި އެ އާދަތައް ބަދަލުކުރަން އުނދަގޫވުމެވެ. ކާއެއްޗެހީގައި ހިމެނޭ ކާބޯހައިޑްރޭޓް (ކާބް) މަދުކޮށް، ޕްރޮޓީން ގިނަ ޑައިޓެއް ކެއުމަކީ ބަރުދަން ލުއިކުރުމަށާއި ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރުކުރުމަށް އެހީތެރިވެދޭނެ ކަމެއްކަމަށް ޑައިޓިޝަނުން ބުނެއެވެ. ކާބް މަދުކުރުމުން އިންސިއުލިންގެ މިންވަރު ދަށްވެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގައި ގިނައިން އުފައްދާ ގްލޫކަގަން އިން ސަރުބީ އަންދައެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ޕްރޮޓީން ގިނަ ކާނާ ކެއުމާއި ގަވާއިދުން ކަސްރަތު ކުރުމަކީ ސަރުބީ މަދުކޮށް މަސްތައް (މަސުލް މާސް) ވަރުގަދަކޮށްދޭ ކަމެކެވެ.

ކާބް މަދު ބައެއް ކާނާ އަށް ބަލާލާ އިރު، މި ހަތަރު އެއްޗަކީ ނަމޫނާއެކެވެ. ޕްރޮޓީން ލިއްބައިދިނުމާއި، ކާހިތްވުން ކޮންޓްރޯލްކުރުމާއި، ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ ކާނާތަކެކެވެ.

  1. ގްރީކް ޔޯގަޓް

ގްރީކް ޔޯގަޓަކީ ކާހިތްވުން ކޮންޓްރޯލްކޮށްދޭ އެއްޗަކަށްވާ އިރު، މިއީ ޕްރޮޓީން ގިނަ ކާނާއެކެވެ. މީގެ އިތުރުން ބަނޑު ފުއްޕުން ހުއްޓުވުމަށް ގްރީކް ޔޯގަޓް އެހީތެރިވެދެ އެވެ. ކެލްސިއަމް، ޕްރޮޓީން، ޕްރޮބަޔޮޓިކްސް، އަދި ހަށިގަނޑަށް ހާއްސަކޮށް ގޮހޮރުގެ ދުޅަހެޔޮކަމަށް މުހިންމު އެހެން މާއްދާތައް ހިމެނޭތީ، އާންމުކޮށް ޔޯގަޓަކީ ރަނގަޅު އެއްޗެކެވެ. މިއީ ޕްރޮޓީން ގިނަ، ކާބް މަދު، އަދި ފެޓް މަދު ކާނާއެކެވެ. ހާއްސަކޮށް ރޯދަމަހު ބޭނުންކުރުން ރަނގަޅު އެއްޗެކެވެ.

  1. ސަންފްލާވާ އޮށް

ސަންފްލާވާ އޮށަކީ ޕްރޮޓީން، ފައިބަރ، އަދި ވިޓަމިން އީ، ފޮލެޓް، އަދި ކޮޕާ ފަދަ މުހިންމު މާއްދާތަކުން ފުރިފައިވާ އެއްޗަކަށް ވާތީ ސިއްހަތަށް ފައިދާހުރި، ބަރުދަން ލުއިކުރުމަށް ރަނގަޅު އެއްޗެކެވެ. އަދި ލުއި ކާނާއެއްގެ ގޮތުގައާއި  ސެލެޑްގެ ތެރެއަށް އެއްކޮށްގެން ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ.

  1. ސަލްމޮން

މި މަހަކީ، އޮމެގާ-3 ފެޓީ އެސިޑް، ރަނގަޅު ފެޓް، އަދި ޕްރޮޓީން ގިނަމަހެކެވެ. ބަނޑުހައިވުން ކުޑަކޮށް، މެޓަބޮލިޒަމް އަވަސްކޮށް، ބަރުދަން މެނޭޖްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އާންމު ގޮތެއްގައި ތިން އައުންސް ސެލްމޮން ގައި 108 ކެލޮރީ، 0 ގްރާމް ކާބްސް، އަދި 17 ގްރާމް ޕްރޮޓީން ހިމެނޭއިރު މިއީ ބަރުދަން ކުޑަކުރުމަށް ބޭނުންކުރަން އެންމެ އެކަށޭނަ މިންވަރެކެވެ. މިމަހަކީ އާންމުކޮށް ރާއްޖޭގައި އުޅޭމަހަކަށް ނުވިޔަސް ރާއްޖެއިން ވެސް ލިބެން ހުރެއެވެ. މީގެ ބަދަލުގައި ބައެއް ފަރުމަސް ބޭނުންކުރެވިދާނެކަމަށް ވެސް ޑައިޓިޝަނުން ބުނެއެވެ.

  1. ރޯސްޓް ކޮށްފައި ހުންނަ ޗިކްޕީސް 

ޗިކްޕީސް އަކީ ވަރަށް މުއްސަދި ނިއުޓްރިޝަނަލް ކޮމްޕޮޒިޝަނެއް އެކުލެވޭ އެއްޗެކެވެ. ޗިކްޕީސްގައި ޕްރޮޓީން އަދި ފައިބަރުގެ މިންވަރު މަތިވުމަކީ ބަރުދަން ލުއިކުރުމުގައި އެހީތެރިވެދޭ އެއްޗަކަށް ޗިކްޕީސް ވާ ކަމެކެވެ. މި ދެ މާއްދާގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު ލަސްކޮށްދީ ކާހިތްވާލެއް ކުޑަކޮށްދެއެވެ. ޗިކްޕީސް ލުއި ކާނާއެއްގެ ގޮތުގައި ކާން ނުވަތަ ސެލެޑަށް އަޅައިގެން ވެސް ކަމުދާނެއެވެ.

މިފަދަ ޕްރޮޓީން ގިނަ، ކާބޯހައިޑްރޭޓް މަދު ކަނާތަކަކީ ހަމައެކަނި ހަށިގަނޑަށް ބޭނުންވާ މުހިންމު ނިއުޓްރިއަންޓް ގިނަ ޑައިޓްތަކެއް ނޫނެވެ. ފަސޭހައިން ބޭނުންކުރެވޭ އަނގަޔަށް މީރު އެއްޗެއްސެވެ. ނަމަވެސް ކޮންމެ އެއްޗެއް ބޭނުން ކުރިޔަސް އާދަޔާ ހިލާފަށް ގިނައިން ބޭނުންކޮށްފިނަމަ އޭގެ ފައިދާގެ ބަދަލުގައި ލިބޭނީ ގެއްލުމެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *