logo minivan

English

ހޮނިހިރު, 13 ޖުލައި 2024

ރާއްޖޭގައި ކޮންމެ 3 ދިވެއްސަކަށް ބިދޭސިއަކު އުޅޭ

ރާއްޖޭގެ އާބާދީ 5 ލައްކައަށްވުރެ އިތުރުވެފައިވާ އިރު ކޮންމެ 3 ދިވެއްސަކަށް ބިދޭސީއެއް ރާއްޖޭގައި އުޅޭކަމަށް ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރު ކުރިއަށް ދިޔަ ބޯހިމެނުމުގެ ވަގުތީ ނަތީޖާގެ ބައެއް، ސްޓެޓިސްޓިކް ބިއުރޯއިން އިއްޔެ ހާމަކުރި އިރު، އެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ އާބާދީއަކީ 515122 އެވެ.

މީގެތެރެއިން ދިވެހިންގެ އަދަދަކީ 382751 އެވެ. އަދި ބިދޭސީންގެ އަދަދަކީ 132371 ނުވަތަ އާބާދީގެ 26 އިންސައްތައެވެ.

ބޯހިމެނުމުން ދައްކާގޮތުގައި މާލެ ސިޓީގެ އާބާދީ އަކި ރާއްޖޭގެ ޖުމްލަ އާބާދީގެ 41 އިންސައްތަ ނުވަތަ 212138 މީހުން ނެވެ. ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތީ އައްޑޫ ސިޓީގައެވެ. އައްޑޫގައި ސިޓީގައި ރާއްޖޭގެ ޖުމްލަ އާބާދީގެ 5 އިންސައްތަ ނުވަތަ 25053 މީހުން ދިރިއުޅެއެވެ. 3 ވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތީ ހދ.އަތޮޅުގައެެވެ. ހދ،.އަތޮޅުގައި ރާއްޖޭގެ ޖުމްލަ އާބާދީގެ 4 އިންސައްތަ ނުވަތަ 22534 މީހުން ދިރިއުޅެމުން އާދެއެވެ.

ބޯހިމެނުމުގެ ބައެއް މައުލޫމާތު އިއްޔެ ހާމަކުރި ނަމަވެސް  ހުރިހާ ތަފާސްހިސާބެއް އަދި ހާމައެއް ނުކުރެއެވެ. މިފަހަރުގެ ބޯހިމެނުމުގައި ވިޔަފާރިތަކާއި މަސައްކަތްކުރާ އިދާރާތަކުގެ މައުލޫމާތުވެސް ވަނީ އެއްކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *