logo minivan

English

ބުދަ, 24 ޖުލައި 2024

ތިލަފުށީގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި

ތިލަފުށީގައި މިއަދުގެ ހުކުރުވަގުތު އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި އެވެ.

އެމްއެެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ ތިލަފުށީ އެމްޕީއެލް ސަރަހައްދުގައި ހުރި އިމާރާތެއްގައި ރޯވެގެން، ތިލަފުށީ ފަޔަ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ހާދިސާގެ މައުލޫމާތު ލިބުނީ މެންދުރު 12:45 އެހާކަށް ހާއިރު ކަމަށެވެ.

އޭނާ ފަހުން ވިދާޅުވި ގޮތުގައި އެ އިމާރާތުގައި ރޯވި އަލިފާންގަނޑުގެ 80 ޕަސެންޓް މިހާރު ވަނީ ކޮންޓްރޯލްކުރެވިފަ އެވެ. އެ އަލިފާން ގަނޑު އެހެން އިމާރާތަކަށް ފެތުރިފައި ނުވާ ކަމަށާއި އެހާދިސާގައި މީހަކަށް ކަމެއް ނުވާ ކަމަށް ވެސް އޭނާ ފަހުން ވިދާޅުވި އެވެ.

ރޯވި އިމާރާތުގެ ތިރީބައިގައި ހުރީ ލަކުޑިގުދަނެއް ކަމަށާއި މަތީ ބަޔަކީ މީހުން ދިރިއުޅޭ ބައެއް ކަމަށް ވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *