މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ތާއީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އޮތް ކަން އޭނާ މިއަދު ހާމަކުރައްވައިފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އުއްޗުގެ ތާއީދުގެ ރައީސް ސޯލިހަށް އޮތް ކަން ހާމަކުރެއްވީ އޭނާގެ ރިސޯޓެއް ކަމަށްވާ ޗަމްޕާގިރީގައި ރައީސް ސޯލިހުގެ ދެކަނބަލުންނަށް މިއަދު ބޭއްވި ރޯދަވީއްލުމަކުންނެވެ. "އިބޫ 23″ ޖަހާފައިވާ ޖާޒީއެއް، އެ ރޯދަވީއްލުމުގެ ކުރިން އުއްޗު ރައީސް ސޯލިހަށް އެރުވި އެވެ.
ޗަމްޕާގިރީގައި މިއަދު ބޭއްވި ރޯދަވީއްލުމުގައި ރައީސް ސޯލިހުގެ އިތުރުން ބައެއް ވަޒީރުންނާިއ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އުއްޗުއަކީ 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސްކަމަށް ވަޑައިގެންނެވުމަށް ކުރި ކެމްޕޭނުގައި ވެސް އެމަނިކުފާނަށް ތާއީދުކުރެއްވި ބޭފުޅެކެވެ. އޭގެ ފަހުން ވެސް އެ ދެބޭފުޅުންގެ ގުޅުން އޮތީ ވަރަށް ބަދަހިކޮށެވެ. އެހެން ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދުވަސްވަރު އެ އިންތިހާބުގައި ރައީސް ސޯލިހާ ވާދަކުރެއްވި ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އޭނާ ބައްްދަލުކުރެއްވުމުން އެއީ ނަޝީދަށް ކުރެއްވި ތާއީދެއް ކަމަށް ވާހަކަ ދެކެވުނެވެ. އެހެން ނަމަވެސް އުއްޗު އޭރުވެސް އެކަން ކަށަވަރުކޮށެެއް ނުދެއްވަ އެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
މިއީ އުއްޗުމެން ބޭނުންގޮތެއް ހަދަން އޮތް ގައުމެއްތަ. ކޮންމެ އިންތިހާބަކަށް މަދު ފައިސާކޮޅެއް ފިލިޖަހާލާފައި އެތައް މިލިޔަން ޑޮލަރެއްގެ ޓެކުހުން ރެކެނީ. ރައްޔިތުންނޭ ހޭވެރިވޭ.