logo minivan

English

ބުދަ, 24 ޖުލައި 2024
ބޯކޮށް ވާރޭ ވެހި މާލޭގައި ފެންބޮޑުވެފައި. ފޮޓޯ:މުހައްމަދު އާދަމް/މިނިވަން

ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި މިއަދު ފެންބޮޑުވެއްޖެ އެވެ.

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް އިން ވައިޓް އެލާޓް ނެރެފައި ވާއިރު މާލެއެއަށް މިއަދު މެދު ނުކެނޑިގާތްގަނޑަކަށް ދޮޅު ގަޑި އިރު ވާރޭ ވެހުނެވެ. އެވަރަށް ވާރޭ ވެހުމުގެ ސަބަބުން ބައެއް މާލޭގެ ބައެއް ސަރަހައްދުތަކުގައި ގާތްގަނޑަކަށް ދެ ފޫޓަށް ފެންބޮޑުވި އެވެ. އެގޮތުން އެންމެ ބޮޑަށް ފެންބޮޑުވި އެއް ސަރަހައްދަކީ މާލޭގެ ހުޅަނގު ފަރާތުގައި، ދިރާގުގެ ހެޑް އޮފީސް ހުންނަ ސަރަހައްދެވެ.

ބޯކޮށް ވާރޭ ވެހި މާލޭގައި ފެންބޮޑުވެފައި. ފޮޓޯ:މުހައްމަދު އާދަމް/މިނިވަން

ބޯ ވާރޭގެ ސަބަބުން މާލޭގައި ހެދުނު ފެންގަނޑުތައް ހިއްކުުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ.

މާލެ އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މެޓް އޮފީހުން ނެރުނު ވައިޓް އެލާޓްގެ މުއްދަތު ހަމަވާނީ މެންދުރު 12:00 ގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *