logo minivan

English

ބުދަ, 24 ޖުލައި 2024

މިއީ ދުނިޔޭގެ އެންމެ އުފާވެރި ގައުމުގެ ބައެއް އާދަތައް!

ޖެހިޖެހިގެން ހަތަރު ވަނަ އަހަރު ދުނިޔޭގެ އެންމެ އުފާވެރި ލައިޕްސްޓައިލެއް ގެންގުޅޭ ގައުމެއްގެ ގޮތުގައި ފިންލޭންޑް އަނެއްކާވެސް ވެއްޖެއެވެ. ގުދުރަތީ ރީތިކަމާއި، ހަރުދަނާ އިޖުތިމާއީ ރައްކާތެރިކަމާއި، މުޖުތަމައަށް ވަރުގަދަ އަހަންމިއްޔަތުކަމެއް ދީފައިވާ ފިންލޭންޑް ވަނީ ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. އެގޮތުން އެ ހިނިތުންވުމާއި ހިތްހަމަޖެހުމުގެ ފަހަތުގައިވާ ސިއްރުތަކަކީ ކޮބައިތޯ ސުވާލު އުފެދިދާނެއެވެ. އެމީހުންގެ އުފާވެރިކަމާ ގުޅިފައިވާ ރަނގަޅު ބައެއް އާދަތަކެވެ.

މަސައްކަތުގެ ވަގުތާއި އަމިއްލަ ދިރިއުޅުން ހަމަހަމަ ކުރުން

ފިޓްއޮން ވެބްސައިޓްގައިވާ ގޮތުން މަސައްކަތާއި އަމިއްލަ ދިރިއުޅުން އެއް ހަމައެއްގައި ބަހައްޓަން ފިންލޭންޑުން ވަރަށް ރަނގަޅަށް މަސައްކަތް ކުރެއެވެ. އަދި ފިންލޭންޑްގައި ގިނަ ފަހަރަށް ވަޒީފާދޭ ފަރާތްތަކުން ހިތްވަރު ދެނީ ފްލެކްސިބަލް މަސައްކަތު ގަޑިތަކާއި، ޓެލެކޮމިއުޓިން އާއި، ޗުއްޓީ ވެސް ރަނގަޅަަށް ނެގުމަށެވެ. އެކަމުގެ ސަބަބުން މުވައްޒަފުންނަށް މަސައްކަތުން ބޭރުގައި ދިރިއުޅުން އުފާވެރި ވެ އެވެ. އެހެންވެ، ވަޒީފާގެ މާހައުލުގައި އެމީހުންގެ އުފެއްދުންތެރިކަން މައްޗެވެ. އެ ސަގާފަތުގެ ސަބަބުން ވަޒީފާގެ އިތުރުން ޝައުގުވެރިކަން ހުންނަ އެހެން އެތައް ކަމެއް ކުރުމުގެ ފުރުސަތު ލިބުމާއި، އިޖުތިމާއީ ގުޅުން ބަދަހިވުން ފަދަ އެތައް ފައިދާއެއް ވެސް ކުރެ އެވެ.

ގުދުރަތީ މާހައުލާ ގުޅުން ބޮޑުކަން

ގިނަ އަދަދެއްގެ ޖަންގަލިތަކާއި ކުޅިތަކާއި ހާމަ އެހެން ތަންތަން ހުންނާނީ ފިންލޭންޑުގެ މީހުން  ގެއިން ބޭރުގައި ގަވައިދުން ވަގުތު ހޭދަކުރެ އެވެ. އެއީ ހިނގައިލަން ދިއުން ކަމަށް ވިޔަސް، ސްކީ ކުރުން ކަމުގައި ވިޔަސް ގުދުރަތީ ހިތްގައިމުކަމުގެ ތެރެއަށް ޣަރަގުވުމަކީ ހިތްހަމަޖެހުމާއި ދުޅަހެޔޮކަން ޖުމްލަ ގޮތެއްގައި ރަނގަޅުކޮށްދޭ ކަމެކެވެ.

ކަންކަމާ ސީދާ ގޮތެއްގައި ކުރިމަތިލުން

ދަތި އުނދަގޫ ކަންތައްތަކާ ކުރިމަތިވާ ވަގުތު ސާބިތުކަން މަތީ ހުރުމާއި ކެތްކުރުމަށް ފިންލޭންޑްގައި ކިޔާ ނަމެއް އޮވެ އެވެ. އެއީ "ސިސޫ" އެވެ. މި މަފްހޫމްގެ ދަށުން، ފިންލޭންޑް މީހުން ކަންކަމާ ސީދާ ގޮތެއްގައި ކުރިމަތިލަ އެވެ. އެގޮތުން އެމީހުންގެ ޝަޚުސިއްޔަތު ވަރުގަދަކޮށް އުނދަގޫ ކަންތައްތަކާ ކުރިމަތިލައި އެކަމުން ދިރިއުޅުމަށް ތަޖުރިބާ އިތުރުކުރެ އެވެ.

ރަނގަޅު މުޖްތަމައެއް ބިނާކުރުން

ފިންލޭންޑްގައި އިޖުތިމާއީ ގުޅުންތަކާއި އިޖުތިމާއީ އިހުސާސަކީ ވަރަށް އިސްކަންދޭ ކަމެކެވެ. އަވަށްޓެރިން އެކަކު އަނެކަކަށް އެހީތެރިކަން ދިނުމާއި އެ ސަރަަހައްދެއްގެ ވިޔަފާރިތަކަށް މަދަދުކުރުމަކީ ވަރަށް ބޮޑަށް އެމީހުންގެ ސަގާފަތުގައި ވަރަށް ބޮޑަށް ބާރު އަޅާ ކަންކަމެވެ. މުޖުތަމައަކަށް ނިސްބަތްވުމުގެ އިހުސާސާއި އެކަކު އަނެކަކަށް ބަރޯސާވާ ބަރޯސާވުމުގެ ސަބަބުން ފިންލޭންޑް މީހުން ވަނީ އުފާވެރި މުޖުތަމައެއް އުފައްދައިފަ އެވެ.

ތައުލީމުގެ އަގު ވަޒަންކުރުން

ފިންލޭންޑަކީ ދުނިޔޭގެ ފެންވަރުގެ ތައުލީމީ ނިޒާމެއްގެ ގޮތުގައި މަޝްހޫރު ގައުމެކެވެ. ފެންވަރު ރަނގަޅު ތައުލީމެއް ލިބުމަކީ އަސާސީ ހައްގެއް ކަމަށް ބެލެވޭއިރު، ގައުމުގެ ސްކޫލްތަކަށާއި ޓީޗަރުންނަށް ބޮޑު އިންވެސްޓްމަންޓެއް ކުރެއެވެ. އުނގެނުމަށް ދޭ އިސްކަމުގެ ސަބަބުން އެ ގައުމުގައި އޮންނަނީ އިލްމުވެރި އުފެއްދުންތެރި ކަންކަމުގައި މަޝްޣޫލުވެފައިވާ އާބާދީ އެކެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުން

ނަފުސާނީ ސިއްހަތަކީ ފިންލޭންޑްގައި ވަރަށް ސީރިއަސްކޮށް ނަގާ ކަމެކެވެ. އެހެންވެ ނަފުސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގިނަ ވަސީލަތްތަކެއް އެގައުމުގައި ފަހިކޮށްފައި ވެ އެވެ. އެ ގައުމުގައި ނަފްސާނީ ފަރުވާ އާއި ޖިސްމާނީ ފަރުވާގެ ހިދުމަތްތައް އޮންނަނީ ގުޅުވާލައިފަ އެވެ. ނަފްސާނީ ސިއްހަތާ ގުޅޭ ކަންބޮޑުވުންތައް ބަލައި ގަނެ އެކަންތައްތައް ހައްލުކުރަން މަސައްކަތް ކުރާތީ ފިންލޭންޑުގެ މީހުން ދުޅަހެޔޮ އަދި ހަމަހަމަ ދިރިއުޅުމެއް އުޅެއެވެ.

ކުދިކުދި ކަންތަކުން ހިތްހަމަޖެހުން ހޯދުން

ކޮފީ ތަށްޓެއް ބޮއިލުން، ރައްޓެހިންނާއެކު ހިތްގައިމު ހަވީރެއް ހޭދަކޮށްލުން ފަދަ ދިރިއުޅުމުގެ ކުދިކުދި ކަންތައްތަކުގެ އަގު ފިން މީހުން ވަޒަން ކުރެއެވެ. ކުދިކުދި، ސާދާ ކަންތައްތައް އުފަލާ އެކު ބަަލައިގަންނާތީ އެމީހުންގެ ދިރިއުޅުމުގެ ކޮންމެ ދުވަހަކީ އުފާވެރި ހަމަޖެހުން ލިބިފައިވާ ދުވަހަކަށް ވެ އެވެ.

އަބަދުވެސް ހެލިފެލިވެ އުޅުން

ޖިސްމާނީ ހަރަކާތްތެރިކަމަކީ ފިންލޭންޑްގެ ދިރިއުޅުމުގެ މުހިންމު ބައެކެވެ. ހިނގާފައި ދިޔަޔަސް، ބައިސްކަލް ދުއްވުމުގައި ވިޔަސް، ނުވަތަ ކުޅިވަރުތަކުގައި ބައިވެރިވުމުގައި ވިޔަސް، ހީވާގިކަމާއެކު ހުރުމަކީ ދުޅަހެޔޮ ހަށިގަނޑާއި ސިކުނޑިއެއް ދެމެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. އެގައުމުގެ ސަގާފަތުގައި މޫސުމަށް  ބެލުމެއްނެތި ދުވަހުން ދުވަހަށް ޖިސްމާނީ ހަރަކާތްތެރިކަން ހިމެނުމަކީ މުހިންމު ކަމެކެވެ. އަދި ބޭރުގައި ހަރަކާތްތެރިވުމަށް ގިނަ އަދަދެއްގެ ޖާގަތައް ހުރުމާއި، ތަފާތު ކުޅިވަރު ކޮމްޕްލެކްސްތަކަށް ވެސް ވަދެވޭނެ އެވެ. ހީވާގިކަމާއެކު ހުރުމަށް ބާރުއެޅުމާއެކު، ފިންލޭންޑްގެ ސަގާފަތުން ކޮންމެ މީހަކަށްވެސް ހަރަކާތްތެރިވެ، ޖިސްމާނީ ހަރަކާތްތެރިކަން ދިރިއުޅުމުގެ ވައްޓަފާޅިއަށް ވައްދައިދިނުމުގެ ފުރުސަތު ލިބިގެންދާކަން ސާފުވެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *