logo minivan

English

އަންގާރަ, 23 ޖުލައި 2024

ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޮޑު ލުޔެއް، އޯވަޑިއު އިންޓަރެސްޓް 2 ޕަސެންޓަށް ކުޑަކޮށްފި

ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް )ގެ ކަސްޓަމަރުންނަށް އެ ބޭންކުން ބޮޑު ލުޔެއް ދީފި އެވެ.

ބީއެމްއެލްގެ ލޯނު ނަގާފައިވާ ފަރާތްތަކަށް އެ ބޭންކުން މިއަދު ފޮނުވި މެއިލްއެއްގައި ވާގޮތުން ލޯނުގެ އޯވަ ޑިއު އިންޓަރެސްޓް ރޭޓަކީ ދެ ޕަސެންޓް ކަަމަށް އެ ބޭންކުން ވަނީ މިއަދުން ެފށިގެން ކަނޑައަޅައިފަ އެވެ. ބީއެމްއެލްގެ ލޯނުތަކުގެ އޯވަޑިއު އިންޓަރެސްޓް ރޭޓަކީ ކުރިން 10 ޕަސެންޓެވެ.

އޯވަޑިއު އިންޓްރެސްޓަކީ، މަހުން މަހަށް ލޯނަށް ދައްކަން ޖެހޭ ފައިސާ ދެއްކުން ލަސްކުރުމުން އިތުރުވާ އިންޓްރެސްޓެކެވެ. ލޯން ޕޭމެންޓްތައް ދެއްކުން ލަސްވާ ހާލަތްތަކުގައި މުޅި ލޯނުގެ އިންޓަރެސްޓް ރޭޓް 10 ޕަސެންޓުން އިތުރުވުމަކީ ކުރިން ބީއެމްއެލްގެ ކަސްޓަމަރުންގެ ބޮޑު ކަންބޮޑުވުމެކެވެ.

ބީއެމްއެލް އިން ވަނީ މަތީ ތައުލީމަށް ދޫކުރާ ލޯނުގެ އިންޓަރެސްޓް ރޭޓް ވެސް މީގެ ކުރިން ކުޑަކޮށްފަ އެވެ. ކިޔަވާ ލޯނުތަކުގެ އިންޓަރެސްޓް އެ ބޭންކުން ކުޑަކުރީ ފަސް ޕަސެންޓަށެވެ. އެ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ ކުރިން ނުވަ ޕަސެންޓެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *