logo minivan

English

ބުދަ, 24 ޖުލައި 2024

ރާއްޖޭން ޗައިނާއާ އެކު މުހިއްމު އެމްއޯޔޫތަކެއްގައި ސޮއިކޮށްފި

ތަރައްގީގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ބައެއް މުހިއްމު މަޝްރޫއުތަކާ ގުޅޭ މެމޯރެންޑަމް އޮފް އަންޑަސްޓޭޑިން ތަކެއްގައި (އެމްއޯޔޫތަކެއްގައި) ރާއްްޖޭން ޗައިނާއާއި އެކު މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އާއި އެކު ރާއްޖޭން ސޮއިކުރި އެންމެ މުހިއްމު އެއް އެމްއޯޔޫއަކީ ތަރައްގީގެ ކަންކަމުގައި އެއްބާރުލުމުގެ ދެ އަހަރު ދުވަހުގެ ޕްލޭނެކެވެ. "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން ދަ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ޕްލޭން 2023-2025″ ގެ ނަމުގައި ސީއައިޑީސީއޭ އާއި ފޮރިން މިނިސްޓްރީއާ ދެމެދު ގާއިމްކުރި އެ އެމްއޯޔޫގައި ފޮރިން މިނިސްޓްރީގެ ފަރާތުން  ސޮއިކުރެއްވީ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފެ އެވެ. އެ އެމްއޯޔޫގައި ސީއައިޑީސީއޭ ގެ ފަރާތުން ސޮއިކުރެއްވީ އެ އެޖެންސީގެ ވައިސް ޗެއާމަން ޑިން ބޯ ޖިން އެވެ.

ސޮއިކުރި އެހެން އެމްއޯޔޫތައް

  • ހޮސްޕިޓަލްތައް އަޅަން ސަރުކާރުން ހިންގާ މަޝްރޫތުތަކުގެ ފީސިބިލިޓީ ސްޓަޑީ ހެދުމާ ބެހެ، ލެޓާސް އޮފް އެކްސްޗޭންޖް
  • ގައުމީ ދާރުލް އާސާރު މަރާމާތުކުރުމާ ބެހޭ ލެޓާސް އޮފް އެކްސްޗޭންޖް
  • ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މެއިންޓެނެންސްއާ ބެހޭ ލެޓާސް އޮފް އެކްސްޗޭންޖް

މިއަދުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ބައިވެރިންނަކީ ވަކި އެއްގައުމެއް ނޫން ކަމަށާއި ރާއްޖެއާ ގުުޅުން އޮންނަ ހުރިހާ ގައުމުތަކަކީ ވެސް ރާއްޖޭގެ ތަރައްގީގެ ބައިވެރިން ކަމަށެެވެ. ޗައިނާއާއި އެކު މިއަދު ސޮއިކުރި މުހިއްމު އެއްބަސްވުންތަކަކަކީ އެކަމުގެސާފު ސާދާ ހެއްކެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ޗާޢިނާ އާ އެކު އަޅުގަނޑުމެން މި ކުރަމުން ގެންދާ މަސައްކަތްތަކުގައި އަޅުގަނޑުމެންގެ ދެފަރާތުގެ ގުޅުން އެއްދުވަހުން އަނެއް ދުވަހަށް ބަދަހިވަމުން ދިއުން،" ޝާހިދު ވިދާޅުވި އެވެ.

ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ)ގެ ވައިސް ޗެއާމަން ޑިން ބޯޖިން، ރާއްޖެއަށް ކުރެއްވި ޒިޔާރަތާ މެދު އުފާކުރައްވާ ކަމަށް ވިދާޅުވެ، އޭނާއަށާއި އޭނާއާ އެކު ރާއްޖެއަށް ވަޑައިގެންނެވި ވަފުދަށް ޝާހިދު ޝުކުރުއަދާކުރެއްވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *