logo minivan

English

އަންގާރަ, 16 ޖުލައި 2024

ފުލުހުން ކައިޒީން އަށް ސެކިއުރުޓީ ދިންކަމަށް ބުނާ ވާހަކަތަށް ދޮގުކޮށްފި

ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދާފައިވާ ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން) އަށް ފުލުހުން ސެކިއުރިޓީ ދީފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައި ވަނީ މިދިޔަ ބުދަ ދުވަހުގެރޭ ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި އިވެންޓުގައި ކައިޒީން އަށް ސެކިއުރިޓީ ދީފައި ވަނީ ފުލުހުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ފެތުރިފައިވާ ވަނިކޮށެވެ. ކައިޒީން އުސްފަސްގަނޑުން، ހައިސެކިއުރިޓީގައި ކާރަކަށް އަރާތަން ފެންނަ ވީޑިއޯއެއް ވަނީ އާންމު ވެފައެވެ. އަދި އެއީ ފުލުހުން ކަމަށް ބައެއް މީހުން ބުނަމުން ދެއެވެ.

ފުލުހުން ވަނީ މިވާހަކަތައް ދޮގުކޮށްފައެވެ.

އެއިވެންޓުގައި ހަވާއެރުވި މަންޒަރު ބެލުމަށް ވަނީ ވަރަށް ގިނަ މީހުން އެސަރަހައްދަށް އެއްވެފައެވެ. ފުލުހުން ބުނެފައިވަނީ އެއިވެންޓު ހިންގަމުން ދިޔަވަގުތު އުސްފަސްގަނޑު ސަރަހައްދަށް ހަވާބެލުމަށް މީހުން އެއްވެފައި ވާތީ ފުހުހުން އެސަރަހައްދުގައި ހަރަކާތްތެރި ވެފައިވާ ކަނަށެވެ. އެއީ އާންމު އުސޫލުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަރަކާތްތެރިވީ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެއިވެންޓާއި ގުޅިގެން ޕާސަނަލް ސެކިއުރިޓީ އެއްވެސް ފަރާތަކަށް ފޯރުކޮށްދީފައި ނުވާކަމަށެވެ.

ކައިޒީންގެ 29 ވަނަ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން އުސްފަސްގަނޑުގައި ވަނީ ހަވާ އަރުވާފައެވެ. އެމަންޒަރު ބަލާލުމަށް ވަރަށް ގިނަ މީހުން އެސަރަހައްދަށް އެއްވެފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *