logo minivan

English

އަންގާރަ, 23 ޖުލައި 2024
އިހަވަންދޫގެ މަގެއް

އިހަވަންދޫގެ މަގުތަކުގައި ތާރު އަޅަން 102.8 މިލިޔަނަށް އާރްޑީސީއާ ހަވާލުކޮށްފި

ހއ. އިހަވަންދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް، ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި 102.8 މިލިޔަން ރުފިޔާގެ އަަގަކަށް އެ  މަސައްކަތް އާރްޑީސީއާ ހަވާލުކުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. 

އިހަވަންދޫއަކީ ތިންހާސް ތިންސަތޭކަ މީހުންގެ އާބާދީ އެއް އޮންނަ ރަށެކެވެ. އެ ރަށުގެ ބޮޑުމިނަކީ 61.9 ހެކްޓަރެވެ. އެރަށުގެ މަގުތަކުގައި ތާރު އަޅަން އާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އެ ރަށުގައި ތާރު އަޅައިގެން ތަރައްގީކުރަނީ ކިތައް މަގު ކަމެއް އެހެންވެ އަދި ނޭނގެ އެވެ. އާރްޑީސީން ބުނި ގޮތުގައި އިހަވަންދޫގެ މަގުތައް ހެދުމުގެ މަސައްކަތާ އެކުންފުނިން ހަވާލުޥި ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ ގޮތަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *