logo minivan

English

އާދިއްތަ, 22 ޑިސެމްބަރ 2024
މިދިޔަ އަހަރު ނެރުނު ޗެޓް ޖީޕީޓީ އިޓަލީގައި ބޭނުންކުރުން ވަނީ މަނާކޮށްފައި

ޕްރައިވެސީގެ މައްސަލަތަކާ ހެދި އިޓަލީގައި ޗެޓް ޖީޕީޓީ މަނާކޮށްފި!

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެޕްލިކޭޝަން، ޗެޓްޖީޕީޓީ އިޓަލީގައި ބޭނުންކުރުން މަނާކޮށްފިއެވެ.

އިޓަލީގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީން ބުނީ، މައިކްރޮސޮފްޓްގެ އެހީތެރިކަމާއެކު އުފެއްދާފައިވާ ޗެޓް ޖީޕީޓީގެ ސަބަބުން ޕްރައިވެސީގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ. ޗެޓް ޖީޕީޓީ ބޭނުންކުރުން މަނާކޮށް ތަހުގީގެއް ފަށާނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އޯޕަންއޭއައި އިން ބީބީސީއަށް ބުނީ، އެ ކުންފުނިން ޕްރައިވެސީ އުސޫލަށް ބޯލަނބާ ކަމަށެވެ.

2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތައާރަފްކުރި ޗެޓްޖީޕީޓީ، އެތައް މިލިއަން ބަޔަކު ދަނީ ބޭނުން ކުރަމުންނެވެ.

ޗެޓްޖީޕީޓީއަށް އިންސާނުން ވާހަކަދައްކާ އުސޫލުން ބޭނުން ކޮންމެ ކަމަކާއި ގުޅޭ ޖަވާބު ދިނުމުގެ ގާބިލުކަން ލިބިފައިވެއެވެ. ތަފާތު މައުލޫތަކަށް އާޓިކަލް ލިޔުމާއި، ކޯޑް ލިޔުމާއި އަދި ބޮޑެތި ކަލްކިއުލޭޝަންސް ހެދުމުގެ ގާބިލުކަންވެސް އެ އެޕްލިކޭޝަން ލިބިގެންވެއެވެ.

އޯޕަންއޭއައި އަށް އިޓަލީގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީން 20 ދުވަހުގެ މުއްދަތެއްދީފައެވެ. ޖަވާބުދާރީ ނުވެވިއްޖެނަމަ 20 މިލިއަން ޔޫރޯއިން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހު އޯޕަންއޭއައި އިން ބުނީ ބަގެއްގެ ސަބަބުން އެ  ބައެއް ޔޫޒަރުންގެ ޗެޓް ހިސްޓްރީތައް އެހެން ޔޫޒަރުންނަށް ފެންނަ ގޮތް ވެފައިވާ ކަމަށެވެ.

ކުންފުނިން ވަނީ އެކަމަށް މާފަށް އެދިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *