logo minivan

English

އަންގާރަ, 23 ޖުލައި 2024

ވެމްކޯއިން އެދެނީ ކުނިނަގާ ގަޑިތަކަށް ސަމާލުވާން، އެހެން ގަޑިތަކުގައި ކުނި ނުނެރެން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނި ނަގާ ގަޑިތައް ބަދަލުވެފައި ވާއިރު އެ ގަޑިތަކަށް ސަމާލުވާން އެދޭ ކަަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވެމްމޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފު ސިރާޖް ވިދާޅުވީ ބައެއް ފަރާތްތަކުން ވަރަށް ނޫންގަޑިތަކުގައިވެސް މަގުމަށްޗަށް ކުނި ނެރޭ ކަމަށާއި މި ރޯދަމަހު ވެމްކޯއިން ކުނި ނަގާ ގަޑިތަކަކީ ރޭގަނޑު 8:30 އިން 11:00 އަށް ކަމަށެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން 12 ގެ ފަހުންވެސް މަގުމަށްޗަށް ކުނި ނެރޭ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.  އޭނާ ވިދާޅުވީ މަގުތައް ސާފުކޮށް ބޭއްވުމަށް ޓަކައި އެގޮތަށް ކަންތައް ކުރުން ހުއްޓައިލަން ޖެހޭ ކަމަށެވެ.

ވެމްކޯގެ ބިލާއި ސްޓެލްކޯގެ ބިލު އެއްކޮށްލަން ނިންމާފައި އޮތުމުން އެ ކުންފުނިންވަނީ ގޭބިސީތަކުގެ މައުލޫމާތު އަޕްޑޭޓް ކުރުމަށާއި އަދި ގޭބިސީގައި ޔޫޓިލިޓީ މީޓަރު ނޫން އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ މީޓަރިތަކުގެ މައުލޫމާތު މިމަހުގެ 6 ގެ ކުރިން ހިއްސާކޮށްދޭން ވެސް އޭނާ އެދިވަޑައިގެންނެވި އެވެ. އާއްމު ގޭބިސީ ކަރަންޓް މީޓަރުތަކުގެ ތެރޭގައި ލިފްޓް ނުވަތަ މެއިންޓަނަންސް މީޓަރެއްް ހުންނަ ަމަ އެފަރާތްތަކުން "ޔޫޓިލިޓ ީމީޓަރު އެކްސްކުލޫޝަން ފޯމް" ފުރިހަމަކޮށް އެކޯޕަރޭޝަނަށް ހުށަހަޅަން ވެމްކޯއިން އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *