logo minivan

English

އަންގާރަ, 23 ޖުލައި 2024

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ހުޅުމާލޭ ފޭސް ދޭއްގައި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:56 އެހާކަށް ހާއިރު ޕިކަޕަކާ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ނިޔާވީ އުމުރުން 59 އަހަރުގެ ފިރިހެނެއް ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އެމީހާ މަރުވީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ އެކްސިޑެންޓް ހިނގީ ފޭސް ދޭއްގައި ހުންނަ އެމްޕީއެލް ފްލެޓްގެ ކައިރީގަ އެވެ.

ހުޅުމާލެ ފޭސް ދޭއްގައި ރޭ ވެސް ބޮޑު އެކްސިޑެންޓެއް ހިނގި އެވެ.  ފޭސް ދޭއްގައި ހުންނަ ޖޭއެމްސީ ސައިޓު ކައިރީގައި އެކްސިޑެންޓް ގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން މިއަދު ބުންޏެވެ. އެެ ސަރަހައްދުގައި އެކްސިޑެންޓެއް ހިނަގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ ފުލުހުން ބުނި ގޮތުގައި ރޭ ދަންވަރު 1:20 ހާ އިރު އެވެ.  ދެސައިކަލު ޖެހިގެން ހިނގި އެ އެކްސިޑެންޓްގައި އަނިޔާވީ 19 އަހަރުގެ ފިރިހެނަކަށާއި 56 އަހަރުގެ ފިރިހެނަކަށެވެ. އޭގެ ތެރެއިން 56 އަހަރުގެ މީހާގެ ހާލު ސީިރިއަސް ކަމުގައި ފުލުހުން ބުންޏެވެ.

އަނިޔާވި ދެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދަނީ އޭޑީކޭގައި ފަރުވާދެމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *