logo minivan

English

އަންގާރަ, 23 ޖުލައި 2024

ގަސްގަހާގެހި ވެސް ރޯކަން ދިރާސާއަކުން އެނގިއްޖެ

ގަސްގަހާގެހި ވެސް ރޯ ކަމާއި ރޯއިރު އަޑު ވެސް އިވޭކަން ސައިންސްވެރިން ހޯދައިފި އެވެ.

ނިއުޔޯކްޓައިމްސް ބުނި ގޮތުގައި އިޒްރޭލްގެ ތެލް އަވީވް ޔުނިވާސިޓީގެ ޑރ.ހަދާނީ އާއި ޔޯސީ ޔޯވެލް ކުރެއްވި ދިރާސާއަކުން އެނގުނީ މާބޮޑަށް ހާސްކަން ބޮޑުވުމުން ގަސްތައްވެސް އަޑުއަޑު ލައްވާ ގަސް ރޯކަމެވެ. ޑރ.ހަދާނީ އާއި ޔޯސީ ޔޯވެލް އެކަން ހޯއްދެވީ އިންސާނުންގެ ކަންފަތަށް އަޑުނީވޭ ފްރީކުއެންސީ ރިކޯޑް ކުރުމުގެ ގާބިލުކަން ލިބިގެންވާ މައިކްތަކެއް ބޭނުންކޮށްގެންނެވެ. އެ އެކްސްޕެރިމެންޓްގައި ފުރަތަމަ ރެކޯޑްކުރީ ޓްބޭކޯ (ދުންފަތް) ގަސްގަހާއި އޮރެންޖުން ގަހުގެ އަޑެވެ. ދިރާސާއަށް އެ ދެ ބާވަތް އިޚުތިޔާރުކުރި ސަބަބެއް ކަމަށް ޑރ.ހަދާނީ އާއި ޔޯސީ ވިދާޅުވެފައި ވަނީ އެގަސްތަކަކީ ވަރަށް ފަސޭހައިން ހައްދައި ބޮޑުކުރެވޭ ބާވަތްތައް ކަމަށް ވުމެވެ. އެ ދެ ސައިންްސްވެރިން ފަހުން ވަނީ އެހެން ބައެއް ބާވަތްތަކުގެ ގަސްތަކުގެ އަޑު ވެސް ރެކޯޑްކޮށްފަ އެވެ.

ދިރާސާގައި ކުރި ކަމަކީ އެގަސްތައް ސައުންޑް ޕްރޫފް ލަކުޑި ފޮއްޓަކަށްލައި، އެކަމަށް ހާއްސަ ދެމައިކު ގަހުގެ ގޮފިތަކާ ދިމާވާގޮތަށް ހަރުކުރުމެވެ. އެއަށް ފަހު އެތަށް ގަޑިއިރެއް ވަންދެން ރިކޯޑް ކުރިއެވެ. އެ ރެކޯޑިންތަކުން އެނފގުނީ ގަސް ތަފާތު އަޑުތަށް ލައްވާކަމެވެ. އަދި ވަކިން ހާއްސަކޮށް ހަގުގެ ގޮފިތަކަށް ސްޓްރެސްވާ ކަހަލަ ބާރެއް ގޮފިތަކަށް ލައިފިނަމަ ގަސް ލައްވާ އަޑުތައް ވަރަށް ރަނގަޅަށް ފާހަގަވާ ކަމެވެ.

އެކިވައްތަރުގެ ގަސްތަކުގެ ގޮފިތަކަށް އެކިވަރުގެ އަނިޔާ ދިނުމުން ލައްވަނީ އެއްވައްތަރެއްގެ އަޑުކަމަށް ޑރ.ހަދާނީ އާއި ޔޯސީ ޝާއިރުކުރެއްވި ދިރާސާ ރިޕޯޓްގައި ވެ އެވެ. އެގޮތުން ގަހުގެ ގޮފިތަށް ކަނޑާލުމުންނާއި އަދި ދިގުމުއްދަތަކަށް ގަހަށް ފެން ނުދިނުމުން ގަސް ލައްވާ އަޑު ވަރަށް އެއްގޮތް ކަމަށް ވެސް އެ ރިޕޯޓްފައި ބުނެފައިވެއެވެ. ގްރީން ހައުސްއެއްގައި ހުރި ގަސް ތަކަކުން ވެސް އެ ދިރާސާގައި އަޑުތައް ރިކޯޑް ކުރި އެވެ.  އަނބުގަހާ، ގްރޭޕް ގަސްތަކުން ވެސް މި ކުކުރާ އަޑު ރިކޯޑު ކުރެވިފައިވާކަމަށް ވެއެވެ.

އެ ދިރާސާއަށް އަށް ހާއްސަކޮށް މެޝިން ލާނިން ޕްރުގުރާމަކުން 70 ޕަސަންޓް ޔަގީން ކަމާއެކު ގަހަށް ފެން ބޭނުންވެފައިވާކަން ބުވަތަ ގަހަށް ނުރައްކަލެއް ދިމާވެފައިވާކަށް އެނގޭކަނަށް ދިރާސާގެ ބައިވެރިން ވިދާޅުވެ އެވެ.

ޑރ.ހަދާނީ އާއި ޔޯސީ ހިންގި މި ރީސާޗް އަކީ ތަފާތު އަދި ވަރަށް ސައުގުވެރިކަން ހުރި ރީސާޗެއް ކަމަށް އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ސައިންވެރިން ބުނެއެވެ. އަދި މިރީސާޗް އިން ެެއެނގުނީ ގަސްގަހަކީ އެއްޗެހީގެ ވަށައިގެން ވާ މާހައުލު އިގޭ ދިރުންތަކެއް ކަމެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *