logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މޫނުގެ ހަންގަނޑު ރީތިކޮށް، ޒުވާންކޮށް ބަހައްޓަން ފިރިހެނުންނަށް ކުރެވިދާނެ ބައެއް ކަންކަން

ހަމައެކަނި ތުނބުޅި ތީރިކޮށްލިޔަސް ފިރިހެން ވަންތަ މޫނުގެ ރީތިކަން މުޅިން ފުރިހަމައެއް ނުވެއެވެ. ހަމުގެ ސާފުކަމާއި ރީތިކަމަކީ ވެސް މުހިންމުކަމެކެވެ. އަންހެނުން ރީތިވުމަށްޓަކާ ގިނަ ކަންތައް ކުރަމުންދާއިރު ފިރިހެނުންނަށް ވެސް މިފަދައިން ކުރެވިދާނެ ބައެއް ކަންކަން ހުރެއެވެ. ރީތިކޮށް ހުރުމަށްޓަކައި، ދަތް އުނގުޅާ ސާފުކޮށް، ފެންވަރާ، ތުނބުޅި ޓްރިމްކޮށް، ޑިއޯޑަރެންޓް އުނގުޅައި، އިސްތަށިގަނޑު ސްޓައިލް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަންކަމެވެ. މީގެ އިތުރުން މޫނުގެ ހަންގަނޑު ރީތިކޮށްލުމަށްޓަކާ ކުރެވިދާނެ ކަންކަން ކަމުގައި ކަމާބެހޭ މާހިރުން ބުނާކަންކަން ވެސް ހުރެއެވެ.

ފިނިކޮށްފައި ހުންނަ ކާށިތެލުން ހަންގަޑު މޮއިސްޗަރައިސް ކުރުން

ކާށިތެލަކީ އެންޓި އިންފްލެމެޓަރީ، އަދި އެންޓިއޮކްސިޑެންޓް ޕްރޮޕަޓީސް ހުންނަ އެއްޗެކެވެ. ކޮންމެ ކޮންމެ ކާށިތެލެއް ފަހަރެއްގައި އެންމެނާ ނުގުޅިދާނެއެވެ. ފްރެޝް ކާށިތެޔޮ ފިނިކޮށްގެން ބޭނުން ކުރުމުން ވަރަށް ގިނަ މީހުނަށް އެއީ ރަނގަޅު މޮއިސްޗަރައިޒާއަކަށް ވެއެވެ. އެއިން މޫނު މަސާޖް ކުރުމަށް ފަހު އިރުކޮޅަކު ބަހައްޓާފައި ފޮހެލެވިދާނެއެވެ. މޮއިސްޗަރައިޒާ އެއްގެ ގޮތުގައި ތެޔޮ ބޭނުންކުރާ ނަމަ ރަނގަޅު ފޭސް ވޮޝް އަކުން މޫނު ދޮވެ ސާފް ކުރުމަކީ މުހިންމު ކަމެކެވެ. އެހެން ނޫން ނަމަ ބިހިނެގުމަކީ ގާތް ކަމެކެވެ.

ހަންގަނޑުދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި އެލޯވޭރާ ބޭނުންކުރުން

އެލޯވޭރާ އަކީ  ގިނަ ފައިދާތަކެއް ހިމެނޭ އެއްޗަކަށް ވާއިރު، ހަމުގެ އާ ސެލްތައް އުފެދުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ. އެއީ މޫނުގެ ޕޯސްތަށް ބެދުނަނުދީ މޫނުގެ ތެތްކަން ހިފަހައްޓައިދޭ ވެސް އެއްޗެކެވެ. ކޮންމެ ދުވަހަކު ވެސް މޫނު ދޮވުމަށްފަހު، ކޮންމެވެސް ވަރަކަށް އެލޮވޭރާ އުނގުޅާލުމުން މޫނުގެ ގުދުރަތީ ވިދުން ގެނުވައިދެއެވެ. އޮމާންކޮށް ތުނބުޅި ބާލާ ނަމަވެސް މިއީ އާފްޓަޝޭވްއަކަށް ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ.

މޫނު ދޮންނަ ކޮންމެ ފަހަރަކު ވަގުތުން މޮއިސްޗަރައިސް ކުރުން

ހަމުގެ ތެތްކަން ދަމަހައްޓާ، އެންޓިއޮކްސިޑެންޓް ހުންނަ މޮއިސްޗަރައިޒިން ކްރީމްއެއް ބޭނުންކުރުމަކީ މޫނުމައްޗައް ތާޒާ ކަމާއި ޒުވާން ކަން ގެނައުމަށް މުހިންމު ކަމެކެވެ. ނަމަވެސް މޫނު ތެޔޮވެފައި ހުންނަނަމަ މޮއިސްޗަރައިޒާ ބޭނުން ނުކުރާށެވެ.  ހަމަ އެގޮތަށް މޫނު ހަންގަނޑު ހިކިވެފައި ހުންނަނަމަ ބާ ބޮޑަށް ދޮވެ އެކްސްފޯލިއޭޓް ނުކުރާށެވެ. ހަންގަނޑު ހިކޭނަމަ ފެންވަރާލުމަށްފަހު ނުވަތަ މޫނު ދޮވުމަށްފަހު އަވަހަށް މޮއިސްޗަރައިޒް ކުރަންވާނެއެވެ.

ފެންވެރުމުގައި ހޭދަކުރާ ވަގުތު މަދުކުރުން

މާ ގިނައިން ހޫނުފެނުން ފެންވެރުމަކީ ހަންގަނޑަށް ގެއްލުންވާކަމެކެވެ. އެހެންކަމުން ހޫނުފެން ޝަވަރު ދަށުގައި ހޭދަކުރާ ވަގުތު މަދުކުރާށެވެ. ނަމަވެސް ސާފުތާހިރު ވުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމުކަމެކެވެ.

އެންމެ ފަހު އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުމާއި ދުރުހެލިވާށެވެ.

ސިނގިރޭޓް ދުމުގައި ގިނަ އަދަދެއްގެ ކެމިކަލް އަދި ވިހަމާއްދާތައް ހިމެނޭތީ، އެދުމުގެ ސަބަބުން ހަންގަޑަށް ގެއްލުންވެއެވެ.  ހަމުގެ ސެލްތަކަށް އޮކްސިޑޭޓިވް ސްޓްރެސް އިތުރުވުމުގެ ސަބަބުން ހަންގަނޑު މުސްކުޅިވާލެއް އަވަސްވެއެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލް ކުރުމުން ތުންފަތް، ކުރަކިވެ ކަޅުވެ ހަޑިވެ ބަލާލަން އުނދަގޫވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *