logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ބޭނުން ނުކުރާ 600 އެއްހާ އެކައުންޓް އެސްބީއައި އިން އުވައިލަނީ

ސްޓޭޓް ބެންކް އޮފް އިންޑިއާ (އެސްބީއައި) ގައި އެކި މީހުން ހުޅުވުމަށްފަހު ފަސް އަހަރުވަންދެން އެއްވެސް މުއަމަލާތެއް ނުކުރާ 576 އެކައުންޓް އުވާލުމައްޓަކައި އެ އެކައުންޓްކަތުގެ މައުލޫމާތު ގެޒެޓްގައި މިއަދު ޝާއިތު ކޮށްފިއެވެ.

އެސްބީއައި އިން ބުނީ ދިވެހިރާއްޖޭގެ ބޭންކިން ގާނޫނު ގެ 35 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެބޭންކުގެ އެކައުންޓަކުން އެއްވެސް އުއާމަލާތެއް ނުކޮށް ފަސް އަހަރު ވެފައިވާ އަދި އެކަމުގެ ސަބަބެއް ބޭންކަށް ލިޔުމުން އަންގާފައިނުވާ އެކައުންޓްތަކަކީ "ޑޯމަންޓް އެކައުންޓް"(ބޭނުން ނުކުރާ އެކައުންޓް) އެއްގެ ގޮތުގައި ބެލެވޭނެކަމަށެވެ. އަދި އެފަރާތްތަކަށް އެކައުންޓުގެ ތަފުސީލު އެންމެ ފަހުން އެބޭންކަށް ދީފައިވާ އެޑްރެހަށް ވަކިން ފޮނުވާފައިވާނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

އެސްބީއައި އިން ބުނީ 31 މޭ 2023 ގެ ކުރިން އެކައުންޓުގެ ވެރިފަރާތުން ބޭންކާ އެއްވެސް މިއާމަލާތެއް ނުކޮށްފިނަމަ، އެބޭކުން އެފަދަ އެކައުންޓްތައް ބަންދުކޮށް، ދިވެހިރާއްޖޭގެ ބޭންކިންގ ބެހޭ ގާނޫނު ގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެފަދަ އެކައުންޓްތަކުގައިވާ ފައިސާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހަވާލު ކުރެވޭނެ ކަމަށެވެ.

އެހެންކަމުން އެފަދަ އެކައުންޓެއް އެސްބީއައި ގައި އޮތް ފަރާތެއްނަމަ، އެކައުންޓާމެދު އަމަލުކުރާން ބޭނުންވާ ގޮތެއް އެންގުމަށް އެސްބީއައި އިން އެދެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *