logo minivan

English

އަންގާރަ, 23 ޖުލައި 2024

ކެމިކަލް ގުދަނެއްކަމަށް ތުހުމަތުކުރެވުނު ތަން ބަލައި، އެ މައްސަލަ ފުލުހަށް ހުށަހަޅައިފިން : އެމްއެންޑީއެފް

މާލޭގެ ލިލީމަގުގައި ކެމިކަލް ގުދަނެއް ހުރި ކަމަށް ބުނެ އާންމުން ކުރި ޝަކުވާއަކާ ގުޅިގެން އެތަން ބަލައި އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ( އެމްއެންޑިއެފް)އިން ބުނެފިއެވެ.

އެމްއެންޑިއެފް އިން ބުނީ އެފަދަ ކެމިކަލް ގުދަނެއް ހުރިކަމުގެ މައުލޫމާތު ލިބުމުން އެމްއެންޑިއެފްގެ ފަޔާ އެންޑް ރެސްކިޔު ޓީމުން އެތަނުގެ އިނެސްޕެކްޝަން ހެދި އިރު އެތަނުގައި ގަވައިދާ ހިލާފަށް ބައެއް އެއްޗެތި ގުދަންކޮށްފައިވާ ކަމަށެވެ.

" އެތަނުގެ އިނީޝިއަލް އިންސްޕެކްޝަނެއްވަނީ ހަދާފައި. އަދި މިތަނުގައި ގަވާއިދާއި ހިލާފަށް ބައެއް އެއްޗެތި ގުދަން ކޮށްފައިވާކަން ފާހަގަކުރެވިފައިވާތީ މިކަން ދިވެހި ފުލުހުންގެ ސަމާލުކަމަށް ގެނެވި ފުލުހުން މިކަމަށް އެޓެންޑްވަމުންދާކަމުގައި ދަންނަވަން " އެމް އެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އާންމުންގެ މީހަަކު ޓްވީޓްކުރި ،ކެމިކަލް ގުދަނެއް ކަމަށް ބުނާ ތަނުގެ ފޮޓޯއިން އެތަނުން ކެމިކަލް ކަމަށް ބެލެވޭ ތަކެތި ހުރިތަން ފެނެއެވެ. މާލޭގައި ކެމިކަލް ގުދަން ތަކެއްގައި ރޯވެ 2019 ވަނަ އަހަރު ހިތާމަވެރި އަލިފާނުގެ ހާދިސާތައް ހިނގި އެވެ. މިހާރު މާލޭގައި ކެމިކަލް ގުދަން ބެހެއްޓުމަކީ މަނާކަމެކެވެ. އަދި ކެމިކަލް ގުދަން ކުރަން ޖެހޭނީ މިހާރު ސިނާއީ ރަށް، ތިލަފުށީގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *