logo minivan

English

އަންގާރަ, 23 ޖުލައި 2024

ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ޖޭޕީ ކައުންސިލުން ގާސިމަށް ރުހުންދީފި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން، އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެޕާޓީގެ ކައުންސިލުން ރުހުން ދީފި އެވެ.

ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ގާސިމަށް ރުހުންދޭން ފާސްކުރީ ޖޭޕީ ކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލުގެ 152 ވަނަ ކައުންސިލް ބައްދަލުވުމުގަ އެވެ. އެގޮތަށް ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާގުންނެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ގޮވާލައި ގަރާރެއް ފެބްރުއަރީ މަހު ފަހުކޮޅު ބޭއްވި ގައުމީ ކޮންފަރެންސުން ފާސްކުރި އެވެ. އެ ގަރާރާ މެދު ޖޭޕީގެ ކައުންސިލުން ފުރަތަމަ ގޮތް ނިންމި އިރު ވެސް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވުމުގެ އިހުތިޔާރު ގާސިމަށް ދިނެނެވެ. އެެހެން ނަަމަވެސް ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީ އަކަށް ޖޭޕީން ފަހުން ހުޅުވައިލި އެވެ.

އެކަމަށް ހުޅުވައިލި މުއްދަތު ހަމަވާން މަދު ވަގުތުކޮޅަކަށް ވީ އިރު ވެސް އެހެން ބޭފުޅަކު އެކަމަށް ކުރިމައްޗެއް ނުލައްވަ އެެވެ. ޖޭޕީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލެއްވުމުގެ ގޮތުން އެޕާޓީގެ ސެކްރެޓަރީ ޖެެނެރަލް އަލީ އާރިފަށް ފޮނުއްވި ސިޓީގައި ގާސިމް ވިދާޅުވި ގޮތުގައި އޭނާ ކުރިމަތިލެއްވީ ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތު ހަމަވާ ބޭފުޅުން އެޕާޓީގައި ތިއްބެވި ނަމަވެސް ކުރިމަތިނުލެއްވުމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. އަސްލުވެސް ހަމަވޭތަ؟ ޝަރުތު ހަމަވިޔަސް ބޯ ހަމައެއް ނޫން! އިލްހާމްމެނަށް ބޯ ކާލެވޭ ވިއްޔަ! ގާސިމް އަތުން ލާރިތަކެއް މިވެރިން ހޯދާނެ! ވިސްނޭ މީހަކު ވިއްޔާ އެދުވަނީ ދުރަށް!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *