logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި އަނެއްކާ ވެސް ފެެނިއްޖެ

ރާއްޖެއިން ކުރިން ނައްތާލެވިފައިވާ ހިމަބިހި ނުވަތަ މީސްލްސް އަނެއްކާވެސް ފެނިއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ،  އައްޑޫއިން މި ބައްޔަށް ޕޮޒިޓިވްވީ މިއަދު ކަމަށާއި، މި ބަލި ޖެހުނު ކަމަށް ބެލެވޭ އިތުރު އެއްކޭސް ދެނެގަނެވިފައިވާ ކަަމަށެވެ. އަދި އެއީ ހިމިބިހިކަން ކަށަވަރު ކުރުމަށް ސުންކު ނަގައި ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަަމަށްވެސް އެޗްޕީއޭ އިން ބުނެފައި ވެއެވެެ.

މި ދެ ކޭސް ފެނިފައި ވަނީ ކުޑަކުދިންގެ ތެރެއިން ކަމަށާއި، އެހެން ނަމަވެސް މިދެކުދިންގެ ގައިން ބަލި ފެތުރޭ މުއްދަތު (އިންފެކްޝަން ޕީރިއަޑް) ފާއިތުވެފައިވާތީ، މި ދެކުދިންގެ ފަރާތުން މިވަގުތު އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަން ފާހަގަ ކުރާ ކަމަށް ވެސް އެޗްޕީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެޗްޕީއޭގެ ބަޔާނުގައި ބުނެފައި ވާ ގޮތުގައި ކޮންޓެކްޓުން ދެނެގަތުމާއި ބަލި ޖެހުން ސަބަބު ދެނެގަތުމުގެ މަސައްކަތް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ދަނީ ކުރަމުންނެވެ. އަދި ވެކްސިން ދޭން ޖެހޭ ފަރާތްތަކަށް ވެކްސިންދިނުމުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް އެޗްޕީއޭއިން ބަޔާނުގައިވެއެވެ.

މި ބަލި ރާއްޖެއިން މިއަދު ފެނުމާ ގުޅިގެން އެޗްޕީއޭއިން ބުނީ މި ބައްޔަކީ ނައްތާލެވިފައިވާ ބައްޔަކަށްވުމާއެކު މި ބަލީގެ އެންމެ ކޭސްއެއް ފެނުނު ކަމުގައި ވީނަމަވެސް އެ ބެލެވެނީ އައުޓްބްރޭކެއްގެ ގޮތުގައި ކަމަށެވެ.

ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާކަމަށް މީގެ ކުރިން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާ ކަމުގެ އެވޯޑުވެސް ރާއްޖެއާ ވަނީ ހަވާލުކޮށްފައެވެ. އެ އެވޯޑް ރާއްޖެ އާ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. މި ބަލި ރާއްޖެއިން އެ ފަހުން ފެނިފައި ވަނީ ދޮޅު އަހަރެއްހާ ދުވަސް ފަހުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *