logo minivan

English

އަންގާރަ, 23 ޖުލައި 2024

ވިލިމާލޭގައި ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ފަށައިފި

ވިލިމާލޭގައި މާލޭ ސިޓީ ކައުންސިލުން ދޭ ބަގީގެ ހިދުމަތް އެންމެ ފަހުން ރޭ ފަށައިފި އެވެ.

ރޭ ވިލިމާލޭގައި އެކަމަށް ބޭއްވި ރަސްމިޔާތުގައި ބަގީގެ ހިދުމަތް ފައްޓަވައިދެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ ވިލިމާލޭގެ ބަބީގެ ހިދުމަތަކީ ދިނުމުގައި ވިލިމާލެ ރައްޔިތުންގެ އެހީތެރިން ކަން ބޭނުންވާނެ ކަމަށާއި އަދި ރައްޔިތުންގެ ހިޔާލުތައް ބަލައި ގަންނަކަމަށެވެ.

ވިލިމާލެ ބަގީގެ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ތިން ރޫޓަކުންނެވެ. އޭގެ އިތުރުން ޕަރައިވެޓް ހަޔާ ގެ ގޮތުގައި ވެސް ބަގީގެ ހިދުމަތް ހޯދެއެވެ.

ރޫޓްތަކުން ދަތުރު ކުރާ ބަގީއަށް އަރަން މީހެއްގެ އަތުން ނަގާނީ ދެ ރުފިޔާ އެވެ. އަދި ޕްރައިވެޓް ހަޔާރ ބަގީގެ އަގަކީ މީހަކަށް ތިން ރުފިޔާ އެވެ.

މާލޭ ސިޓީކައުންސިލުން ބުނި ގޮތުގައި ފައިސާ ދެއްކުމަށް ތިން ގޮތެއް ހަމަޖައްސާފައި ވެ އެވެ. އެއީ ނަގުދު ފައިސާ، ބޭންކް ޓްރާންސްފާ އަދި އޮންލައިން ޕޭ އެވެ. މާލެ ސިޓީ ކައުންސުލުން ބުނާގޮތުގައި ބަގީގެ ގިދުމަތުން ފައިސާ ނަގަން ފަށާނީ ރޯދަމަސް ނިމި ހަ ރޯދައިގެ ވެސް ފަހުންނެވެ.

މުދާ އުފުއްލުމަށާއި ބަލިމީހުން އުފުއްލުމަށް ވަކިން ހާއްސަ ބަގީތަކެއް ހަމަޖެހިފައިވެއެވެ. ބަގީގެ ހިދުމަތް އޮންލައިންކޮށް ބުކް ކުރުމަށް

villibuggy.goy.mv އިން ބުކިން ހެއްދޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ވިލިމާލޭގައި އެއްގަމު އިންޖީނުލީ އުޅަނދު ދުއްވުން މަނާވުމު އެ އަވަށުގައި އަމިއްލަ ފަރާތަކުން ބަގީގެ ހިދުމަތް ގެންދިޔައީ ދެމުންނެވެ. ނަމަވެސް އެހިދުމަތް ރަންގަޅަށް ނުދެވޭތާ ވަނީ ގިނަދުވަސްތަކެއް ވެފައެވެ. ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ފަށާފައިވަނީ މުޅިން އައު ބަގީތަކަކާއި އެކުއެވެ. އަދި މީގެ އިތުރުން އެމްޓީސީސީ އިން ގެންދަނީ ވިލިމާލޭގައި ބަހުގެ ހިދުމަތް ދެމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *