logo minivan

English

ހޮނިހިރު, 13 ޖުލައި 2024

38 ރަށެއްގެ ކައުންސިލަށް އެސްޖީއިން ހޯދަން އިއުލާންކޮށްފި

38 ރަށެއްގެ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލް ހޯދަން ސިވިލް ސާރވިސް ކޮމިޝަނުން  އިއުލާން ކޮށްފިއެވެ.

ސިވިލް ސާވިސް ،ކޮމިޝަނުން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްހެ މަގާމަށް މީހުން ނަގަނީ ދެ ކެޓަގަރީއަކުންނެވެ. އެއީ ޒެޑްވީ ސެވެން ގެ ތިނަކާއި ހަތަރެކެވެ. ޒެޑްވީ 3 އަކަށް މުސާރައިގެ ގޮތުގައި  16،100ރ އަދި ޒެޑްވީ 4 ހަމަޖެހިގައިވަނީ 15،285ރ އެވެ. މި މަގާމަކީ ފަސް އަހަރުގެ ދައުރެއް އޮންނަ މަގާމެކެވެ. މިމަގާމަކީ އިދާރީގޮތުން އެންމެ އިސްވެރިއާއެވެ. މި މަގާމުގެ ޒިންމާއާއި އުސޫލުތަކުގެ ތަފުސީލު ގެޒެޓު ކުރެވިފައިވެއެވެ.

މިމަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 13 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ހަމަވާނެ އެވެ. ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތަކީ އަސާސީ ޝަރުތު ހަމަވާނަމަ %30 ، އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތައުލީމަށް %5 ، އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ އަށް %5 ، އާއި އިމްތިހާން އަށް %25، އަދި މީގެ އިތުރުން އިންޓަވިއު އަދި ޕްރެސެންޓޭޝަން އަށް %35 އެވެ.

އެސްޖީ އިން ހޯދުމަށް މިހާރު އިއުލާން ކޮށްފައިވާ ރަށްތަކަކީ މިހާރު އެއްގޮތަކަށްވެސް އެމަގާމުގައި މީހަކު ނެތް ރަށްރަށާއި އަދި ކުރިން އެސްޖީއަކު ހުރި ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ މިހާރު މަގާމު ހުސްވެފައިވާ ރައްތަކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *