logo minivan

English

ބުދަ, 24 ޖުލައި 2024

އެކައުންޓަންޓް ޖެނެރަލްގެ މަގާމު އުފައްދަވައި އެމަގާމަށް މުހައްމަދު އާޒާދު ހަމަޖައްސަވައިފި

ރައީސުލް ޖުމްހޫރިއްޔާ ، ފިނޭންސް މިނިސްޓްރީގެ އެކައުންޓަންޓް ޖެނެރަލްގެ މަގާމު އުފައްދައި އެމަގާމަށް މީހަކު ހަމަޖައްސަވައިފިއެވެ.

އެމަގާމަށް ހަމަޖެއްސެވީ، މިހައިތަނަށް ފިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލާގެ މަގާމުގައި ހުންނެވި ހއ. ކެލާ، ކޮކާގެ، މުހައްމަދު އާޒާދު އެވެ. އެކައުންޓަންޓް ޖެނެރަލްގެ މަގަމަކީ މުޅިން އަލަށް އުފެއްދެވި މަގާމެކެވެ. މިމަގާމު އުފައްދަވާފައިވަނީ ފައިނޭންޝަލް ކޮންޓްރޯލާގެ މަގާމު އުވާލެއްވުމަށްފަހުގައެވެ.

މި މަގާމަކީ، ދައުލަތުގެ މާލިއްޔަތު ގާނޫނުގެ ދަށުން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުގެ ދަށުން ، ދިވެހި ދައުލަތުގެ ފައިސާ އާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށްޓަކާ، އެގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައީސް އުފެއްދެވި މަގާމެއްކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މުހައްމަދު އާޒާދު ފައިނޭންޝަން ކޮންޓްރޯލާއަކަށް އައްޔަން ކުރެއްވީ މިދިޔަ އަހަރު ސެޕްޓެމްބަރުގައި އެމަގާމުގައި ކުރިން ހުންނެވި ފާތުމަތު ރަޒީނާ އިސްތިއުފާ ދެއްވުމުންނެވެ. އާޒާދަކީ ސީއެފްއޭ ޗާޓާ ހޯލްޑާއެއްގެ އިތުރުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބެޗްލާސް ޑިގްރީއަކާއި ސައިންސްއިން ފައިނޭންސް ދާއިރާއިން މާސްޓާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ، ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ރިފޯމް ކޮންސަލްޓަންޓެއްގެ މަގާމާއި އެސްއޯއީ ފައިނޭންޝިއަލް ކޮންސަލްޓަންޓްގެ މަގާމު އަދާކުރައްވާފައެވެ. އަދި ހަޒާނާ މޯލްޑިވްސްގެ އެކައުންޓް އެންޑް ފައިނޭންސްގެ އިސްވެރިޔާގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ. މީގެއިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބޯޑު މެމްބަރުކަންވެސް އާޒާދު ވަނީ ފުރުއްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *