logo minivan

English

އަންގާރަ, 16 ޖުލައި 2024

ގިނަ އަހަރުތަކެއް ފަހުން ސައުދީގައި ރޯދަ މަހު މަރުގެ އަދަބު ތަންފީޒުކޮށްފި

ގިނަ އަހަރުތަކެއް ފަހުން ސަައުދީއަރަބިޔާގައި ރޯދަ މަހު މީހަކަށް މަރުގެ އަދަބު ދީފިއެވެ.

ސައުދީގެ ރަސްމީ ޕްރެސް އެޖެންސީން ބުނި ގޮތުގައި މަރުގެ އަދަބު ދީފައިވަނީ މަދީނާ ސަރަހައްދުގައެވެ.

އެ އެޖެންސީން ބުނެފައިވާ ގޮތުން މަރުގެ އަދަބު ދިން މީހާ އަކީ ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެފައިވާ ސައުދީ ރައްޔިތެކެވެ.

"ރަމަޟާން މަހު ސައުދީ އަރަބިއްޔާއިން ރައްޔިތަކަށް މަރުގެ އަދަބު ދީފައިވޭ،" ޖަރުމަނުގެ ބާލިންގައި ހުންނަ ޔޫރަޕިއަން ސައުދީ އޯގަނައިޒޭޝަން ފޯ ހިއުމަން ރައިޓްސް (އީއެސްއޯއެޗްއާރް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މަރުގެ އަދަބާ ގުޅޭ ގޮތުން ސައުދީގެ ދާހިލީ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2009 ވަނަ އަހަރުން ފެށިގެން ރޯދަ މަހު މަރުގެ އަދަބު ތަންފީޒުކޮށްފައެއް ނުވެއެވެ. އެހެން ކަމުން މި ފަހަރު ވެގެންދާނީ 2009 ވަނަ އަހަރަށް ފަހު ރޯދަ މަހު މީހަކަށް މަރުގެ އަދަބުދިން ފުރަތަމަ ފަހަރެވެ.

އީއެސްއޯއެޗްއާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު ސައުދީ އަރަބިއްޔާގައި 17 މީހަކަށް މަރުގެ އަދަބު ދީފައިވެއެވެ. އަދި 2022 ވަނަ އަހަރު 147 މީހަކަށް މަރުގެ އަދަބު ދީފައިވާއިރު މިއީ 2021 ވަނަ އަހަރު މަރުގެ އަދަބު ދިން އަދަދަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.

ގާތްގަނޑަކަށް ތިން އަހަރު ވަންދެން މަރުގެ އަދަބު ދިނުން ހުއްޓާލުމަށްފަހު މަސްތުވާތަކެތީގެ ކުށްތަކުގައި މީހުން މަރުގެ އަދަބު ދޭން ފެށީ މިދިޔަ އަހަރުއެވެ.

މުހައްމަދު ބިން ސަލްމާން ރަސްގެފާނު ކަމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުންނަށް މަރުގެ އަދަބު ދީފައިވާ ކަމަށް އިނގިރޭސިވިލާތުގައި ހުންނަ ރިޕްރައިވް އެންޑް އީއެސްއޯއެޗްއާރުގެ ރިޕޯޓެއްގައި ބުނެފައިވެއެވެ.

ސައުދީން ގިނަ ފަހަރަށް މަރުގެ ހުކުމް ތަންފީޒު ކުރަނީ ބޯ ބުރިކޮށްގެންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *