logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ތޮއްޑޫގައި އޯޕަން އެކްސެސް ނެޓްވޯކެއް އަޅަން އާބަންކޯ އާ އެކު ސޮއިކޮށްފި

އޯޕަން އެކްސެސް ނެޓްވޯކެއް ތޮއްޑޫގައި ގާއިމް ކުރުމުގެ އެއްބަސްވުމެއްގައި އާބަންކޯ އާއެކު އެރަށުގެ ކައުންސިލުން ސޮއި ކޮށްފިއެވެ.

އާބަންކޯގެ އިދާރާގައި ގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޯޕަރޭޝަނުގެ ފަރާތުން އެއްބަސް ވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފް އެވެ. ތޮއްޑޫ ކައުންސިލް ގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަހުމަދް އަކްރަމް އެވެ.

ތޮޑޫގެ ބަނދަރު ސަރަހައްދާއި، ފެރީ ޓާމިނަލް، ކާގޯ ގުދަން އަދި ރަށުުގެ އާންމު ފަތުރުވެރިންގެ ގޮނޑުދޮށް ތަރަށްގީ ކުރުމުގެ އެމްއޯޔޫއެއްގައި ވެސް ތޮއްޑޫ ކައުންސިލުން އާބަންކޯއާ އެކު ސޮއިކުރި އެވެ.

ތޮއްޑޫ ކައުންސިލުން ބުނި އާބަންކޯއާ އެކު އެއްބަސްވި މަސައްކަތްތައް ނިމުމުން ތޮއްޑޫގެ ރައްޔިތުންނަށް ގިނަ ލުއި ފަސޭހަ ތަކެއް ލިބޭނެ އެވެ. އެއީ ކަންތަށްތަކަކީ ތޮށްޑޫގެ ރައްޔިތުންނަ ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށް ވެސް އެކައުންސިލުން ބުންޏެވެ. އާބަންކޯއިން ބުނި ގޮތުގައި ތޮއްޑުއަށް އެ ހިދުމަތްތައް ފޯރުކޮށްދެވުމަކީ އެ ކޯޕަރޭޝަނަށް ވެސް ލިބޭ އުފަލެއް ކަަމަށެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ