logo minivan

English

ބުދަ, 24 ޖުލައި 2024

ގިނައިން ޑްރަގް އެތެރެކުރަނީ މަރުބަލިތަކުގެ މީހުން، ފޮނުވައިލާ ގަވައިދު ހެދީ އެހެންވެ: މާރިޔާ

ރާއްޖެއަށް މަސްތުވާތަކެތި އެތެެރެކުރަން އުޅޭ ބިދޭސީން ރާއްޖެއަށް އެތެރެވިޔަނުދީ އަނބުރާ ފޮނުވައިލާ ގޮތަށް އިމިގްރޭޝަނުން ގަވައިދެއް ހެދީ، މަސްތުވާތަކެތި ހިފައިން ރާއްޖެއަށް އަންނަ ގިނަ ގިނަ މީހުންނަކީ "މަރުބަލިތައް" ކަމަށް ބަލާ، އެއިޑްސް އާއި އެނޫން ވެސް ބަލިތައް ޖެހިފައި ތިބޭ މީހުންނަށް ވާތީ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުެއްވަމުން މާރިޔާ ވިދާޅުވީ އެ ގަވައިދު ހެދުމުގެ ކުރިން ވެސް އެފަދަ މީހުން ބަންދުނުކޮށް ފޮނުވައިލާ ކަމަށާއި ގަވައިދު ހެދީ ދެފުށް ފެންނަ ގޮތަކަށް އެކަން ގެންދިއުމަށް ޓަކައި ކަމަށެވެ.

"ރާއްޖެއަށް މަސްތުވާތަކެތި ހިފައިގެން ގިނައިން އަންނަނީ ޓާމިނަލް އިލްނަސަސް ހުރި މީހުން، އެގޮތުން އެއިޑްސް ޖެހިފައި ހުރި މީހުންނާއި ކިޑްނީގެ ބޮޑެތި ބަލީގެ މީހުންނާ، އެކަހަަލަ އެތައް ބައެއް މިވަގުތު ވެސް އެބަތިބި ޖަލުގައި. ދެން ރައްޔިތުންގެ ވަރަށް ބޮޑު ހަރަދަކުން މި ބަލަހައްޓަން ޖެހެނީ. އަދި މަސްތުވާތަކެތީގެ ގާނޫނަށް ފަހުން ގެނެވުނު އިސްލާހަކުން، އެމީހުން އަނބުރާ ކޯޓުގެ ހުކުމް ލިބުނީމާ  ފޮނުވައިލެވޭ ގޮތް ވެސް އޮވޭ،" މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހާ ބޮޑެތި ބަލިތަކުގެ މީހުން ޖަލުގައި ބައިތިއްބާފައީ ކޯޓުން މައްސަލަ ނިމިގެން ފޮނުވައިލަން އުޅޭ އިރު ބޮޑެތި މައްސަލަތައް ކުރިމަތިވެ އެވެ.

"އަޅުގަނޑު ގާތު ކަސްޓަަމް ބޭފުޅުން ވެސް އިމިގްރޭޝަން ބޭފުޅުން ވެސް ވިދާޅުވަނީ އެ ލަޔަބިލިޓީ ނަގަން ބޭނުން ނުވާތީ އެނގިހުރެޔޭ ފޮނުވައިލަނީ،" މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފަދަ ބޮޑެތި ބަލިތަކުގެ މީހުން ގެންނަ މަސްތުވާތަކެރި ދެން ގެންދާނެ ދިމާ އެނގޭ ނަމަ.، "ކޮންޓްރޯލްޑް ޑެލިވަރީ"ގެ ގޮތުގައި އެހިސާބަކަށް ދާން ވެސް ދޫކުރާ ކަމަށާއި އެއީ ވެސް ބޮޑެތި ބަލިތަކުގެ މީހުން ޝާމިލުވާ ނަމަ ކަން ކުރާ ގޮތެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ރާއްޖޭގައި ކުރިން ވެސް ކޮށްއުޅޭ ކަމެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *