ލޫޅާފަތި އުނަގަނޑެއް ބޭނުންވުމަކީ ކޮންމެ މީހަކުވެސް އެދޭނެ ކަމަކެވެ. މިކަމަށް އެހީތެރިކަން ބޭނުންނަމަ ގޭގައި ބަނޑުގެ ސަރުބީ ލުއިކުރުމަށް ކުރެވޭނެ ރަނގަޅު 5 ކަސްރަތެއް ވެއެވެ.
"އެބްސް" އަރުވަން ބޭނުންނަމަ އެބްސް ކަސްރަތު ކުރުމަކީ ވަކި މިންވަރަކަށް އެހީތެރިވެދޭނެ ކަމެކެވެ. ހަ ޕެކްސް ނުފެނުމުގެ މައްސަލައަކީ މިވަގުތު ތިބާގެ ހަށިގަނޑުގައި ހުންނަ ސަރުބީގެ އިންސައްތަ ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ހަ ޕެކްސް ހޯދުމަކީ އަމާޒެއް ނަމަ ފުރަތަމަ ޖެހޭނީ ކެލޮރީ ޑެފިސިޓްގައި ހުރެ ހަށިގަނޑުގައި ހުންނަ ސަރުބީ ދަށްކުރަންށެވެ.
ބަނޑުގައި ހުންނަ ސަރުބީ ލުއިކުރުމަށް ހަމައެކަނި ނިއުޓްރިޝަންގެ އިތުރުން ކެލޮރީ އިތުރުވާ ތަފާތު ހަރަކާތްތައް ގޭގައި ކުރުމަކީ އެންމެ މުހިއްމު ކަމެވެ. މި ލިސްޓް އެކުލަވާލި މީހަކީ މެކްސް ޕޯސްޓަރނަކް އެވެ. އޭނާ އަކީ ފިޓްނަސް ރަނގަޅުކޮށް ބަރުދަން ލުއި ކުރަން ބޭނުންވާ މީހުންނަށް ޓިޕްސް އާއި ޓްރެއިނިން ގައިޑްލައިން ދިނުމަށް ހާއްސަ ވެބްސައިޓެއް ކަމަށްވާ ގްރެވިޓީ ޓްރާންސްފޯމަޝަންގެ ބާނީ އެވެ. އޭނާގެ ޔޫޓިއުބް ޗެނަލްގައި 5 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބަރުން އެބަތިއްބެވެ.
ގޭގައި ބަނޑުގެ ސަރުބީ ލުއިކުރުމަށް އެންމެ ރަނގަޅު 5 ކަސްރަތު:
- 4 ސްޓެޕް އަޕް އެންޑް އޯވަރސް + މައުންޓެއިން ކްލައިމްބަރސް
މި ކަސްރަތަށް އަތުގައި ޑަމްބެލް ޖޯޑެއް ހިފަހައްޓާލެވިދާނެއެވެ. އެއަށްފަހު އުސް އެއްޗެއްގެ މައްޗައް (ގޮނޑިއެއް) އެއްފައިލާފައި މައްޗަށް އެރުމަށްފަހު އަނެއްކާވެސް ތިރިއަށް ފައިބާނީއެވެ. 4 ފަހަރު މި ކަސްރަތު ގެއްސުމަށްފަހު މައުންޓެއިން ކްލައިމްބާރސް 4 ފަހަރު ހަދާނީއެވެ.
2. މޭވެދާ ސްޓޭންޑް-އަޕް
އަނެއްހެން ބުނާނަމަ މި ކަސްރަތަކީ ސިޓް އަޕް އެއް ނަމަވެސް އޭގެ ނިމުމުގައި މިހާ ތަންކޮޅެއް އުސްކޮށް ތެދުވަން ޖެހޭނެއެވެ. އަދި މިއީ ވަރަށް ގިނަ މަސްތަކަކާ ކުޅެލާ ހިތުގެ ދުވެލި މައްޗަށް ގެންގޮސްދޭ ކަސްރަތެކެވެ. ބޮލާ ދިމާލަށްވާހެން މައްޗަށް ބަރުދަނެއް ހިފައިގެން ބިންމަތީގައި އޮށޯވެލާށެވެ. ތެދުވެ އިށީނދެގެން އިންއިރު ބަރުދަން ފަޔާ ދިމާއަށް އުފުލާލުމަށްފަހު ކުރިމައްޗަށް ބަރުދަން ގެނެސް އުސްކޮށް ކޮޅަށް ތެދުވާށެވެ. ސްކޮޓްކޮށްލާފައި އަނބުރާ އިށީނދެގެން އިނދެ އެ ހަރަކާތް ތަކުރާރު ކުރާށެވެ.
3. އަލްޓަނޭޓިން ނީލް ޑައުން + ސްކޮޓް ޖަމްޕް
އަތުގައި ޑަމްބެލް ޖޯޑެއް ހިފައިގެން ހުރެ ކަކޫ ކުޑަކޮށް ބޭރަށް ނެރުމަށްފަހު ސްކޮޓްސްް ޖައްސާ ގޮތަށް ތިރިވުމަށްފަހު މަށްޗަށް ފުންމާލާފައި އަނެއްކާވެސް ސްކޮޓްސް ޖައްސާނީއެވެ.
4. ސްޕްރޯލް އަދި އަލްޓަނޭޓިންގ ސިޓް ތްރޫސް
އުދަނގޫ ކަސްރަތަކަށްވި ނަމަވެސް މިކަން ކުރަން އެނގުމުން މިއީ މޮޅު ކަސްރަތެކެވެ. ބަނޑުގެ ސަރުބީ ލުއިކޮށްދިނުމުގައި ވަރަށް ރަނގަޅު ކަސްރަތެއްގެ ގޮތުގައި ލިސްޓްގައި ހިމަނާފައިވާ ކަސްރަތެކެވެ. އެ ކަސްރަތުގައި ހިމެނޭނީ ސްޕްރޯލް ކުރުމާއި، ހާފް ބާޕީ އާއި، ތިރިއަށް ކަކޫ މަތީ އޮތުމަށްފަހު ފަހަރަކު ފައެއް މައްޗަށް ނަގާ ތިރިކުރުމެވެ.
5. ވެއިޓެޑް ބާރޕީ
މި ކަސްރަތު ކުރުމަށް ޕޯސްޓަރނަކް ލަފާދެނީ ކޮންމެ އަތެއްގައި ޑަމްބެލްއެއް ހިފައިގެން ބާރޕީ ހެދުމަށެވެ.
ޕޯސްޓަރނަކް ބުނީ މިއީ ގޭގައި ބަނޑުގެ ސަރުބީ ލުއިކުރުމަށް އެންމެ ރަނގަޅު 5 ކަސްރަތު ކަމަށާއި ކޮންމެ މީހަކަށްވެސް އެންމެ ކުޑަމިނުން ކަސްރަތު ކުރުމަށް ބޭނުންކުރާ އެއްޗެއް ހުރިނަމަ މިއިން ކޮންމެ ކަސްރަތެއް ވެސް ކުރެވިދާނެ ކަމަށެވެ.