logo minivan

English

އަންގާރަ, 23 ޖުލައި 2024

މައުސޫމު އެމްޑީޕީގެ ކެމްޕޭނުގައި، ފުރަަތަމަ ގުރައިދޫ ދާއިރާއަށް!

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރަން ނިންމުމުން އެޕާޓީން ވަކިވެވަޑައިގެންނެވި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމު އެމްޑީޕީގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވަން ފަށްޓަވައިފި އެވެ.

ޖޭޕީން ވަކިވެވަޑައިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން ނިންމެވި ނަމަވެސް މައުސޫމު އެމްޑީޕީއާ ރަސްމީކޮށް ގުޅިވަޑައިގެންނެވި ކަމެއް އަދި ނޭނގެ އެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާއަށް މެމްބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަނުގެ ކެމްޕޭނަށް އެ ދާއިރާއަށް މިއަދު ފުރި އެމްޑީޕީގެ ވަފުދުގައި އޭނާ ބައިވެރިވެވަޑައިގަންނަވަ އެވެ.

އެމްޑީޕީން ބުނި ގޮތުގައި ގުރައިދޫ ދާއިރާއަށް މިއަދު މާލެއިން ފުރި، އެމްޑީޕީގެ ވަފުދުގައި ޓޫރިޒަމް މިނިސްޓަރު މައުސޫމާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވަ އެވެ. އެމްޑީޕީން ސޯޝަލް މީޑިއާގައި އާއްމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް އެ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ. ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއް ވީފަހުން ރިޒާ އަވަހާރަވީ މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ މިމަހުގެ 15 ވާ ހޮނިހިރި ދުވަހު އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *