logo minivan

English

ބުދަ, 24 ޖުލައި 2024
އަންހެން "ގުރުބާން" ކުރި ގުވާހަޓަގައި ހުންނަ ފައްޅިއެއްގައި

އިންޑިއާގެ ފައްޅިއެއްގައި މީހަކު "ގުރުބާން" ކުރި ބަޔަކު ހައްޔަރުކޮށްފި

އިންސާނަކު "ގުރުބާން" ކުރި ކަމުގެ ތުހުމަތުގައި އިންޑިއާގެ ފުލުހުން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 64 އަހަރުގެ ޝާންތީ ޝޯ ނަމަކަށް ކިޔާ އަންހެން މީހާ މަރާލާފައި ވަނީ 2019 ވަނަ އަހަރު ގުވަހާޓީ ސިޓީގެ ފައްޅިއެއްގައެވެ.

ނަމަވެެސް މަރުވި މީހާގެ ހަށިގަނޑު މި އަހަރު ޖެނުއަރީ މަހު ފެނުމާއި ހަމަޔަށް ފުލުހުންނަށް އެ މައްސަލާގައި ކުރިއެރުމެއް ހޯދިފައެއް ނުވެއެވެ.

ހަށިގަނޑު ފެނުމާއެކު އަލުން މައްސަލަ ތަހުގީގުކޮށް މީހުން ހައްޔަރުކޮށްފައިވާއިރު މައްސަލާގައި ޝަމިލްވާ އިތުރު ބަޔަކު އަދިވެސް ފިލައިގެން ތިބެދާނެ ކަމަށް ފުލުހުންނަށް ގަބޫލުކުރެވެއެވެ.

"ފަސް މީހުން ރޭވީ އަންހެން މީހާ މަރާލަން، ޖުމްލަ 12 މީހަކު ބައިވެރިވި" ގުވަހާޓީގެ ޕޮލިސް ކޮމިޝަނަރު ދިގަންތާ ބަރާހް ވިދާޅުވިއެވެ.

ބަރާހް ވިދާޅުވީ އެ ޖަރީމާގެ މޭސްތިރިކަމަށް ބެލެވޭ އުމުރުން 52 އަހަރުގެ ޕްރަދީޕް ޕަތަކް، އޭނާގެ ކޮއްކޮގެ މަރުވިތާ އެއް އަހަރު ފާހަގަކުރުމުގެ ގޮތުން ދީނީ އަޅުކަމެއްގެ ގޮތުގައި އަންހެން މީހާ "ގުރުބާން" ކޮށްފައިވާ ކަމަށެވެ.

އެމީހުން އެކަން ކޮށްފައިވަނީ އިންސާނަކު ގުރުބާން ކުރުމުން މަރުވި މީހާގެ ފުރާނައަށް ހަމަޖެހުން ލިބޭނެ ކަމަށް ގަބޫލުކުރެވޭތީއެވެ.

އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯ އަށް 2014 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް އިންސާނުން ގުރުބާންކުރުމުގެ 103 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

ވެރިރަށް ނިއު ދިއްލީގައި މިދިޔަ އަހަރު ހިނގި ހާދިސާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ދެ މީހަކު ވަނީ ހަ އަހަރުގެ ކުއްޖަކު މަރާލާފައެވެ.

އެމީހުން އެ ޖަރީމާ ހިންގާފައިވަނީ މުއްސަނދިވުމަށްޓަކައި ހިންދޫދީނުގެ ކަލާނގެ ޝިވާއަށް ހަދިޔާއެއްގެ ގޮތުގައެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *