logo minivan

English

ހޮނިހިރު, 13 ޖުލައި 2024

ޓެކްސް ނުދައްކާ 70 އަށް ވުރެ ގިނަ ކުންފުނި، ބޮޑެތި ކުންފުނިތައް ހިމެނޭ

މިދިޔަ އަހަރުގެ ޓެކްސް ޕީރިއަޑްގައި (ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރާ ހަމައަށް) އެކިއެކި ޓެކްސްތައް ނުދައްކާ 70 އަށް ވުރެ ގިނަ ކުންފުނީގެ ވަނަވަރު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކުރި އިރު އޭގެ ތެރޭގައި ރާއްޖޭގެ ނަން މަޝްހޫރު ބައެއް ބޮޑެތި ކުންފުނިތައް ވެސް ހިމެނިއްޖެ އެވެ.

މީރާއިން އާއްމުކުރި ލިސްޓްގައި ހިމެނޭ 79 ކުންފުންޏަކީ އެ އޮތޯރިޓީން ބުނި ގޮތުގައި ޖީއެސްޓީ އާއި ގްރީންޓެކުހާއި ވިތުހޯލްޑިންސް ޓެކްސް ދައްކާފައި ނުވާ އަދި ފައިލްކޮށްފައި ނުވާ ކުންފުނިތަކެވެ.

ޓެކްސް ނުދެއްކި ލިސްޓްގައި ހިމެނޭ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ރެއިންބޯ ގްރޫޕްގައި ހިމެނޭ ރެއިންބޯ އެލުމިނިއަމް ޕްރައިވެޓްލިމިޓެޑާއި ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ރެއިންބޯ އިލެކްޓްރިކަލްސް ހިމެނެ އެވެ. ގަޑިއާއި އިލެކްޓްރޯނިކްސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ރީފްސައިޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އަންނައުނުގެ ވިޔަފާރިކުރާ ރޮމްބަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވެސް އެ ލިސްޓްގައި ހިމެނެ އެވެ.

ކާބޯތަކެތީގެ ބާވަތްތައް ވިއްކާ ސިބްކޯ ފުޑްސް ޕްރައިވެޓްލިމިޓެޑާއި ފާސްޓްފުޑް ރެސްޓޯރެންޓް މެރީ ބްރައުން ވެސް އެ ލިސްޓްގައި ހިމެނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *