logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

މަގުމަތީގެ ސަލާމަތަށް، "ފަހި ރާސްތާ"ގެ ނަމުގައި ފުލުހުންގެ ހަރަކާތެއް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް "ރައްކާ" ޕްރޮގްރާމްގެ ފަށުން މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށް ހިންގާ "ފަހި ރާސްތާ" ގެ ނަމުގައި ޕްރޮގްރާމްތަކެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު އަސްލަހު ވިދާޅުވީ "ރައްކާ" ކެންޕޭނުގެ ދަށުން ސްކޫލުތަކުގެ ދަރިވަރުންނަށް ހާއްސަ ކޮށްގެން ކުރިޔަށްގެންދާ ޓޮރެފިކް މޮނިޓާރސް ޕްރޮގްރާމަކީ ސްކޫލު ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމާއި މަގުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތަކާއި މަގުމަތީގެ ގަވާއިދުތައް ދަރިވަރުންނަށް އުނގަންނާދިނުމަށް ބޭއްވޭ ޕްރޮގްރާމެއް ކަމަށެވެ. އަދި އެ ކެންޕޭނުގެ ދަށުން އަލަށް ނުކުންނަ ޓެކްސި ޑްރައިވަރުންނަށް ތަމްރީނު ޕްރޮގްރާމެއް ވެސް ކުރިޔަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަހު ވިދާޅުވީ "ފަހި ރާސްތާ"ގެ މައިގަނޑު މަގްސަދަކީ މަގުމަތީގައި ހިންގާ ނުރައްކާތެރި ހާދިސާތައް މަދުކޮށް، އެކަމުގެެ ސަބަބުން ފުރާނަދޫކުރާ ފަރާތްތަކާއި ބޮޑެތި އަނިޔާތައް ލިބޭ ފަރާތްތައް ރާއްޖޭގައި މަދުވުން ކަމަށެވެ.

"އަޅުދަނޑުމެން ބޮޑަށް މަގުމަތީގައި ދިމާވާ މައްސަލަތަކާއި މިކަންކަން ހައްލުކުރުމާއި ގުޅޭ ޕްރޮގްރާމް ކުރިޔަށް މިދަނީ ފަހިރާސްތާގެ ނަމުގައި. ކުޅުދުފުށީގައި އަޅުގަނޑުމެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމަކީ ސްކޫލު ސަރަހައްދުގައި ބާރު ބޮޑުވާ ސަބަބުތަކާއި ހަމައެހެންމެ މާރުކޭޓު ސަރަހައްދުގައި ބާރު ބޮޑުވާ ސަބަބުތައް ދެނެގަނެ އަދި ނުރައްކާތެރި ހާދިސާތައް ހިންގަން މެދުވެރިވާ ސަބަބުތަކާއި އެކްސިޑެންޓް ވެފަ އޮންނަ މީހަކު އުފުލާނެ ގޮތާއި އުފުލުމުގައި ސަމާލުކަންދޭންޖެހޭ ގޮތްތައް ތަމްރީނު ކޮށްދިނުމަށް" އަސްލަހު ވިދާޅުވިއެވެ.

ފުލުހުން ބުނީ އެ ޕްރޮގްރާމްތަކަކީ ހަފްތާއަކު ދެ ދުވަހަކަށް ބަހާލައިގެން މަގުމަތީގައި އެންމެ ބާރު ބޮޑު ސަރަހައްދެއް ބަލައި، ސަލާމަތާއި ރައްކާތެރިކަން ހޯދައި ދިނުމަށް ކުރިޔަށްގެންދާ ޕްރޮގްރާމްތަކެއް ކަމަށެވެ. އަދި މިހާތަނަށް އެ  ޕްރޮގްރާމްތައް ކުރިޔަށްގެންދެވިފައިވަނީ ހަމަ އެކަނި ހަވީރުގެ ވަގުތުތަކުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަސްލަހު ވިދާޅުވީ މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ މީހުންނަށް މި ރަމަޟާންމަހު ހަދިޔާދެމުންދާ ކަމަށާއި ގިނަ ބަޔަކު ގާނޫނާއި ގަވާއިދާ އެއްގޮތަށް އުޅަނދުގައި ހުރިހާ ސްޓިކާތަކެއް ހަމަކޮށްފައި ހުންނަ ކަން ފާހަގަކުރެވޭ ކަމަށެވެ.

 

 

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *