logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

ދިޔަމިގިލި ގަނޑުވަރު ސައިޓް މިއުޒިއަމެއްގެ ގޮތުގައި ތަރައްގީކުރާނެ ބަޔަކު ހޯދަނީ

މީލާދީން 1704 ވަނަ އަހަރުން ފެށިގެން 1757 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ރަސްކަން ކުރި ދިޔަމިނގިލި ދަރިކޮޅުގެ  ދުވަސްވަރު ތ. ތިޔަމިގިލީގައި ބިނާކޮށްފައިވާ ދިޔަމިގިލި ގަނޑުވަރު މަރާމާތުކޮށް، ސައިޓް މިއުޒިއަމެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން ކުރިން އިއުލާނުކޮށްފައިވާ މަޝްރޫއު ހިންގާނެ ބަޔަކު ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.

ނެޝަނަލް ސެންޓަ ފޯ ކަލްޗަރަލް ހެރިޓޭޖް (އެންސީސީއެޗް) އިން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން އެ މަސައްކަތަށް ބީލަން ހުށަހެޅޭނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދަފުތަރުގައި ރަޖިސްޓްެރީވެފައިވާ ކުންފުނިތަކަށެވެ. އެ މަސައްކަތަށް ބިޑްކުރަން އެދޭ ފަރާތްތަކަށް މައުލޫމާތު ދޭން ބާއްވާ ބައްދަލުވުމެއް، އަންނަ ބުރާސްފަތި ދުވަހު (އޭޕްރީލް 13 ވަނަ ދުވަހު) ހެނދުނު 10:30 ގައި ދިޔަމިގިލި ކައުންސިލްގެ އިދާރާގައި އޮންނާނެ އެވެ.

އެންސީސީއެޗްގެ އިއުލާނުގައިވާ ގޮތުން އެ މަސައްކަތަށް ބީލަން ހުށަހެޅުން އޮންނާނީ މިމަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ދިޔަމިގިލި ކައުންސިލްގެ އިދާރާގަ އެވެ.

ދިޔަމިގިލި ގަނޑުވަރާއި ނ. ލަންދޫގައި ހުންނަ ލަންދޫ މާބުދުގެ ސައިޓް މިއުޒިއަމްތަކުގެ ގޮތުގައި ތަރައްގީ ކުރަނީ އަވަށްޓެެރި އިންޑިއާއިން ދީފައިވާ 337،000 ޑޮލަރުގެ ހިލޭ އެހީ އަކުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *