logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ސަވާދީއްތަ ދަތުރު ފެށުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ.މައުސޫމު ވާހަކަދައްކަވަނީ

ރާއްޖޭގެ ފަތުރުވެރިކަމުގެ 27 ޕަސެންޓު އެނދަކީ ލޯކަލް ޓުރިޒަމް : ޑރ. މައުސޫމް

ރާއްޖޭގެ ފަތުރުވެރިކަމުގެ 27 ޕަސެންޓު އެނދަކީ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގެ އެނދުކަމަށް ޓޫރިޒަމް މިނިސްޓަރު، ޑރ. މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިއަދު ކުރެއްވީ ޓްވީޓެއްގައި ވިދާޅުވީ، މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަތަކާއި ސިޓީތައް ހިމެނޭގޮތައް ކޮމިއުނިޓީ ބޭސްޑް ޓޫރިޒްމް ( ރައްޔިތުންގެ ފަތުރުވެރިކަން ) ފުޅާވެފައިވާކަމަށެވެ.

" ރައްޔިތުންގެ ފަތުރުވެރިކަން 118 ރަށަށްވަނީ ފުޅާވެފަ. އެއީ 909 ފެސިލިޓީގައި 16،300 އެނދު. އެއީ ރައްޖޭގެ ޖަުމްލަ އެނދުގެ %27 " މިނިސްޓަރު ވިދާޅުވިއެވެ.

ކުރިން ރާއްޖޭގައި އޮތީ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް ކަމަށްވިޔަސް ރައީސް ނަޝީދުގެ ވެރިކަމުގައި ފެއްޓެވި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް މިސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

" ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް އެންކަރޭޖް ކުރަން ، އެގޮތުން ކުލީގެ އަގު ވެސް ވަނީ ކުޑަކޮށްދީފަ " ކުރިން މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

ލޯކަލް އައިލެންޑް ޓޫރިޒަމް އާއި ގެސްޓް ހައުސް ޓޫރިޒަމް ތައާރަފްވެފައިވާ އިރު، މިދިޔަ އަހަރު ހޯމް ސްޓޭ ޓޫރިޒަމް ވެސް ވަނީ ތައާރަފް ކޮށްފައެވެ. މިފަދަ ވިޔަފާރިތަކުން އާންމު ރައްޔިތުންނަށް ފަތުރުވެރިކަމުގެ މަންފާ ލިބިގަނެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރު ވިދާޅުވިއެވެ.

" ކޮމިއުނިޓީ ޓޫރިޒަމް އިން ފަތުރުވެރިކަމުގެ މަންފާ ސީދާ ރައްޔިތުންނަށް ލިބޭ " މިނިސްޓަރު ވިދާޅުވިއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ