logo minivan

English

އަންގާރަ, 23 ޖުލައި 2024
މިފްކޯއަށް އަލަށް ގެނައި ބޯޓް ޖަރީޒާ 103 މާލެ ބަނދަރުގައި. ފޮޓޯ:މިފްކޯ

މިފްކޯގެ އާ ބޯޓު "ޖަޒީރާ 103″ ރާއްޖެއަށް އައިސްފި

މަސްގަނެ ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރަން މިފްކޯއިން ގަނެފައިވާ ބޯޓް "ޖަރީޒާ 103″ މިއަދު ރާއްޖެއަށް އައިސްފި އެވެ.

ރާއްޖެއަށް އައުމަށް ޓަކައި އެބޯޓް ތައިލެންޑުން ދަތުރުފެށީ މިދިޔަ މާޗްމަހުގެ 18 ވަނަ ދުވަހު އެވެ.

އެސްޓީއޯ އާއި މިފްކޯއިން ކުރިން ބުނެފައިވާ ގޮތުގައި ޖަޒީރާ 103 އަކީ 420 މެޓްރިކްޓަނުގެ މަސްރައްކާކުރެވޭ އުޅަނދެކެވެ.

ޖަޒީރާ 103 ގަންނަން ފައިސާ ހަަރަދުކުރީ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިންނެވެ. އެއީ މިފްކޯ އަކީ އެސްޓީއޯގެ ސަބްސިޑަޔަރީ ކުންފުންޏަކަށް ވާތީ އެ ހައިސިއްޔަތުންނެވެ.

މިފްކޯއިން ކުރިން ބުނެފައިވާ ގޮތުގައި ޖަޒީރާ 103 އަކީ ބޯޓުގެ ދެ ފަރާތުން ވެސް ފަސޭހައިން މަސްކިރޭ ގޮތަށް ކްރޭން ހަރުކޮށްފައިވާ ބޯޓެކެވެ. އެބޯޓަށް ދުވާލަކު 120 ޓަނުގެ މަސްގަނެ ގަނޑުކުރެވޭނެ އެވެ.

މިފްކޯއިން ބުނެފައިވާ ގޮތުގައި އެކުންފުންޏަށް ގަންނަ އަނެއް ތިން ބޯޓް ވެސް މިހާރު ވަނީ ރަޖިސްޓްރީކޮށް ނިމިފަ އެވެ. އެއީ އެހެން ނަމަވެސް ޖަޒީރާ 103 އަށް ވުރެ މާކުދި ބޯޓްތަކެކެވެ. އެ އިން ބޯޓަކަށް ދުވާލަކު ގަނެ ރައްްކާކުރެވޭނީ 60 ޓަނުގެ މަހެވެ. މަސްގަތުމުގެ މަސައްކަތަށް ނެރުމުގެ ކުރިން އެބޯޓްތަކަށް ގެންނަން ޖެހޭ ބައެއް ބަަދަލުތައް ގެނައުމަށް ޓަކައި އެބޯޓްތައް މިހާރު ހުރީ ތައިލެންޑްގައި ޑޮކް ކޮށްފަ އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *