logo minivan

English

އަންގާރަ, 23 ޖުލައި 2024
ފޮޓޯ: އަލް ސަފާ

ސަފާ ގްރޫޕްގެ އުމްރާވެރިނަށް ވިސާ ލިބުނަސް މިރޯދަމަހު އުމްރާއަށް ގެންދެވޭނެކަމުގެ ޔަގީންކަމެއްނެތް

އަލް ސަފާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިއަދު އުމްރާއަށް ދާން ފުރަން ތައްޔާރުވެގެން ތިބި މީހުންގެ ދަތުރު، ވިސާ ނުލިބިގެން ކަމަށް ބުނެ ކެންސަލްކޮށްފައި، އަލުން ވިސާ ހަމަޖެހޭނެކަމަށް އެ ގްރޫޕުން ބުނި ނަމަވެސް މިމަހު އުމްރާއަށް ގެންދެވޭނެ ކަމުގެ ޔަގީންކަމެއް ނެތްކަމަށް އެގްރޫޕުން ބުނެފިއެވެ.

ސަފާ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު ނަސީމް، "މިނިވަން" އަށް ވިދާޅުވީ، މިހާރު ވިސާ ލިބިފައިވީ ނަމަވެސް ފްލައިޓްތަކުން ޖާގަ ނުލިބޭކަމުގައެވެ.

" ފްލައިޓް ތަކުން ޖާގަ ހޯދުމުގެ މަސައްކަތް މިކުރަނީ، ޖާގަ ލިބުމުގެ ދަތިކަން އުޅޭތީ، މި ރަމަޟާން މަހު ހުރިހާ އުމްރާ ވެރިން ގެންދެވޭނެ ކަމުގެ ޔަގީންކަމެއް ނެތް " ނަސީމް ވިދާޅުވިއެވެ.

އަލް ސަފާ ޕްރައިވެޓް ލިމިޓެޑުގެ ހަވާލުގައި 181 މީހުން އުމްރާއަށް ދާން އެބަތިއްބެވެ. މިއެންމެންވެސް ފުރުމަށް ހަމަޖެހިފައި އޮތީ މިއަދު ފުރަން އޮތް 3 ފްލައިޓަކުން ކަމަށް އެގްރޫޕުން ބުނިނަމަވެސް އަދިވެސް ޖާގަކަށަވަރު ނުވެއެވެ.

އަލްޞަފާ ޕްރައިވެޓް ލިމިޓެޑުން މީގެ ކުރިން ބުނެފައިވަނީ މިއަދު ފުރާ ވަގުތާ ހަމައަށް އައިރުވެސް ސައުދީގެ އުމްރާ ވިސާ ދޫކުރާ ކުންފުނިން އެ ގުރޫޕަށް އެއްވެސް ވިސާއެއް ދޫކޮށްފައި ނުވާތީ  އެގުރޫޕުގެ ހަވާލުގައި އުމްރާއަށްދާ އެއްވެސް މީހަކު ފުރަން އެއަރޕޯޓަށް ނުދިއުމަށް ވަނީ އަންގާފައެވެ.

އުމްރާއަށްދާ މީހުންގެ ފޮށިތައް މިއަދު ހެނދުނު 10:00 އާއި 12:00 އާ ދޭތެރޭ  ނެގުމަށް ވެސް ސަފާ ގުރޫޕުން ކުރިން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ވިސާ ނުލިބުމުގެ މައްސަލަ އެމިނިސްޓްރީއަށް ހުށައަޅާފައިވާކަމަށާއި މައްސަލަ ބަލަމުން އަންނަކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *