logo minivan

English

އަންގާރަ, 16 ޖުލައި 2024

ޒުވާނުންގެ މެދުގައި އެންމެ މަޤްބޫލް އެމްޑީޓީއަށް ޤާސިމްގެ ދައުވަތު!

ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމުގެ ދައުވަތު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށް ޖޭޕީން ފޮނުވައިފިއެވެ.

ލީޑަރު ގާސިމް ސޮއިކުރައްވައި އެމްޓީޑީއަށް ފޮނުވި ސިޓީގައި ވިދާޅުވީ ގިނަ ބައެއްގެ ބައިވެރިވުން އޮންނާނެ ގޮތެއްގެ މަތީން ގައުމުގެ ކަންކަން އިސްލާހުގެ މަގަަށް ގެންދިއުމަށް މަގުފަހި ކުރުމަށް އެމްޓީޑީއާއެކު މަޝްވަރާ ކުރަން ބޭނުުންވާ ކަމަށެވެ. އަދި ޖޭޕީއާއެކު މަޝްވަރާ ކުރުމަށް ދައުވަތު ދެއްވާ އެމްޓީޑީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނެ ބޭފުޅުންގެ ނަންތައް ފޮނުވުމަށް ވަނީ އެދިފަ އެވެ.

އެމްޓީޑީއަކީ ޒުވާނުންގެ މެދުގައި އެންމެ މަޤްބޫލް އެއް ސިޔާސީ ޕާޓީއެވެ. އަދި ޒުވާނުންގެ އެކްޓިވިސްޓް ގްރޫޕެއްކަމަށްވާ "މޯލްޑިވްސް ޔޫތު ފޯސް"އަކީވެސް އެމްޑީޓީއަށް ތާއީދުކުރާ ގުރޫޕެކެވެ. ޖުމްހޫރީ ޕާޓީގެ ދައުވަތާ ގުޅިގެން އެމްޓީޑީން އަދި ވަކިއެއްޗެއް ނުބުނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *