logo minivan

English

އަންގާރަ, 16 ޖުލައި 2024

އއ. ހިމަންދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އއ. ހިމަންދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އެލައިޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އާއިޒް ރުޝްދީއެވެ.

10,312,301.43 (ދިހަ މިލިއަން ތިން ލައްކަ ބާރަހާސް ތިންސަތޭކަ އެއް ރުފިޔާ ސާޅީސް ތިން ލާރި) ގެ މި މަޝްރޫޢަކީ ސަރުކާރުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މިސްކިތުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވަނީ 365 ދުވަހުގެތެރޭގައެވެ.

އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ބިނާކުރާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *