logo minivan

English

ބުރާސްފަތި, 25 ޖުލައި 2024
އިގްތިސާދުގެ ކުރިއެރުން މިއަހަރު ތިން އިންސައްތަ އަށް ވުރެ ދަށްވާނެ

އިގްތިސާދީ ދުވެލި ދަށް، ބަނޑުހައި ހޫނުކަމާއި ފަގީރުކަމުގެ ނުރައްކާ ބޮޑު: އައިއެމްއެފް

ދުނިޔޭގެ އިގްތިސާދުގެ ކުރިއެރުން މިއަހަރު ތިން އިންސައްތަ އަށް ވުރެ ދަށްވާނެ ކަމަށާއި އޭގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަނޑުހައިހޫނުކަމާއި ފަގީރުކަން އިތުރުވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ވެރިޔާ ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވެއްޖެއެވެ

ބުރާސްފަތި ދުވަހު ކްރިސްޓަލީނާ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ކުރިއެރުން ގާތްގަނޑަކަށް ތިން ޕަސެންޓްގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ 1990 ވަނަ އަހަރުން ފެށިގެން މެދުރާސްތާގެ ކުރިއެރުން އަންދާޒާކުރާ އެންމެ ދަށް އަންދާޒާއެއް ކަމަށެވެ.

"ފަގީރުކަމާއި ބަނޑުހައިހޫނުކަން އިތުރަށް ގޯސްވެދާނެ، މިއީ ކޮވިޑް ކާރިސާއާ އެކު ފެށުނު ނުރައްކާތެރި ޓްރެންޑެއް،" އައިއެމްއެފްގެ ވެރިޔާ ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ އަންނަ ހަފުތާގައި އައިއެމްއެފް އާއި ވޯލްޑް ބޭންކުން ބައްދަލުވުންތަކުގެ ބާއްވަން ނިންމާފައިވާއިރުއެވެ. އެ ބައްދަލުވުންތަކުގައި ދުނިޔޭގެ އިގްތިސާދަށް ދިމާވެފައިވާ އެންމެ މުހިންމު މައްސަލަތަކުގެ ވާހަކަ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުން ދައްކާނެއެވެ.

އަހަރީ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަރުކަޒީ ބޭންކުތަކުން އިންފްލޭޝަން ހުއްޓުވުމަށް އިންޓްރެސްޓް ރޭޓްތައް މަތިވަމުންދާ ދަނޑިވަޅެއްގައެވެ. އަދި ތަރައްގީވަމުން އަންނަ އިގްތިސާދުތަކުގައި ދަރަނީގެ ދަތިކަންވެސް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ލޯނު ނެގުމުގެ ހަރަދު ބޮޑުވުމާއި މުދަލަށް އޮންނަ ޑިމާންޑް ދަށްވުމުގެ ސަބަބުން އާމްދަނީ ދަށް ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމުގެ ސަބަބުން ފަގީރުކަމާއި ބަނޑުހައިހޫނުކަން އިތުރުވެދާނެ ކަމަށް ކްރިސްޓަލީނާ ވިދާޅުވިއެވެ.

"އާމްދަނީ މަދު ގައުމުތަކުގެ ތެރެއިން ގާތްގަނޑަކަށް 15 ޕަސެންޓް ގައުމު މިހާރުވެސް ދަރަނީގެ ހާލުގައި ޖެހިފައި، އަނެއް 45 ޕަސެންޓް މީހުން ތިބީ އެއާ ގާތުގައި،" އެހީވުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.

އައިއެމްއެފްގެ ވެރިޔާ ވިދާޅުވީ އިންޓަރެސްޓް ރޭޓްތައް ބޮޑުވުމާއި އެމެރިކާ އާއި ޔޫރަޕްގެ ބޭންކްތައް ފެއިލްވުމާއި ސިޔާސީ ހިޔާލު ތަފާތުވުންތައް އިތުރުވަމުން ދިއުމަކީ ދުނިޔޭގެ އިގްތިސާދުގެ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *