logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

މަނަދޫގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

ނ. މަނަދޫގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ބުނީ މަނަދޫ ގެއެއްގައި އެކަނި ދިރިއުޅެމުންދާ 62 އަހަރުގެ އަންހެނެއްގެ ހަބަރެއް ނުވެގެން މިއަދު އިރުއޮއްސި 6:13 އެހާކަންހާއިރު އޭނާގެ އާއިލާ އިން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓު ލިބުމުން ފުލުހުން އެ އަންހެން މީހާ ދިރިއުލޭ ގޭގެ ކޮޓަރީގެ ދޮރުވައްޓާލައި، އެތެރެއަވަދެ ބެލި އިރު އޭނާ އޮތީ ކޮޓަރީގެ ބިންމަތީގައި މަރުވެފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މައުލޫމަތު ލިބިފައިވާ ގޮތުގައި އެމީހާ އޮތީ ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެެއްޗަކުން ހަމަލާދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާއާއި ގުޅިގެން އެރަށަށް އަރާ ފައިބާ މީހުންގެ މައުލޫމާތު ފުލުހުން ވަނީ ނަގަން ފަށާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *