logo minivan

English

އަންގާރަ, 23 ޖުލައި 2024
ފޮޓޯ: އަލް ސަފާ

ނުފުރުނު އުމްރާވެރިން ފަހު 10 ގައި ގެންދާނެކަމުގެ ޔަގީންކަން ސަފާ ގްރޫޕުން ދީފި

އައް ސަފާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދާން މިދިޔަ ބުރާސްފަތި ދުވަހު ފުރަން ތައްޔާރުވި ނަމަވެސް ނުފުރުނު އުމްރާވެރިން، މި ރޯދަމަހުގެ ފަހު 10 ގައި އުމްރާއަށް ގެންދާނެ ކަމުގެ ޔަގީންކަން އެ ގްރޫޕުން ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހު ރޭ ވިދާޅުވީ މްރާވެރިންގެ ހައްގުތައް ކަށަވަރުކޮށްދޭން އެ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ސަފާ ގްރޫޕްގެ އުމްރާވެރިންނަށް ނުފުރުނު މައްސަލާގައި ކަންހިނގާފައިވާ ގޮތާއި އުމްރާވެރިން މި އަހަރު ރަމަޟާން ޢުމްރާއަށް ގެންދިއުމުގެ ކަންކަން ހަމަޖެއްސުމާއި ގުޅޭގޮތުން، އައް ޞަފާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ނަސީމް މުހައްމަދު އެ މިނިސްޓްރީއަށް ހާޒިރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޢުމްރާވެރިން ގެންދިއުމަށް އަށެއް އޭޕްރީލްގައި އެއަރލައިންއަކާއެކު އެއްބަސްވުމެއްގައި ސޮއިކުރާނެކަމަށާއި އަދި ރަމަޟާންމަހުގެ ފަހު 10 އަށް ހުރިހާ ޢުމްރާވެރިން މައްކާއަށް ގެންދާނެކަމުގެ ޔަގީންކަން އެކުންފުނިން ދީފައި،" އަފްރާހު ވިދާޅުވި އެވެ.

އެ މައްސަލާގައި، ކުންފުނިން ޢަމަލުކުރަމުންދާގޮތް މިމިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އަދި އުސޫލުގެ ތެރެއިން މިކަމުގައި އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާނެކަމުގެ އިންޒާރު އިސްލާމިކް މިނިސްޓްރީން އެކުންފުންޏަށް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *