logo minivan

English

ބުރާސްފަތި, 25 ޖުލައި 2024
އަގްސާ މިސްކިތުގެ ގޯތި ތެރޭގައި މީހަކު ނަމާދުކުރަނީ ފޮޓޯ: ރޮއިޓާސް

އިޒްރޭލާ ފަލަސްތީން ހަމަނުޖެހުން ހަމަޔަަކަށް އަޅުވަން ގަތަރުން މަސައްކަތްކުރަނީ

އިޒްރޭލާ ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުން ހަމަޔަކަށް އަޅުވަން މަސައްކަތްކުރާ ކަމަށް ގަތަރުން ބުނެފިއެވެ.

ގަތަރުގެ މަންދޫބަކު ވިދާޅުވީ މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެ، އިސްރާއީލާއި ފަލަސްތީނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ހަމައަކަށް އެޅުވުމަށް އެ ގައުމުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފާއިތުވި ދެ ރޭގެ ތެރޭގައި އިސްރާއީލު ސިފައިން ވަނީ ގުދުސްގެ އަލްއަގްސާ މިސްކިތަށް ވަދެ ނަމާދުކުރަން ތިބި ފަލަސްތީނު މީހުންނށް ހުރަސް އަޅާފައެވެ.

މިސްކިތް ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުހުން ވަނީ ނަމާދުކުރަމުން ދިޔަ މީހުންގެ ގަޔަށް ބަޑިޖަހާ ކަރުނަ ގޭހާއި ރަބަރު ކޯޓެޑް ސްޓީލް ބުލެޓް ބޭނުންކޮށްފައެވެ. ގަތަރުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލުން ހިންގާފައިވަނީ  އަނިޔާވެރި، ޖިނާއީ އަމަލެއް ކަމަށެވެ.

ގަތަރުގެ އޮފިޝަލަކު ވިދާޅުވީ އެ ގައުމުން މަސައްކަތް ކުރަމުން ދަނީ ހަމަނުޖެހުންތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ކަމަށެވެ.

ހުކުރު ދުވަހު ހާލަތު އިތުރަށް ނުތަނަވަސްވީ ލުބްނާނުގެ ދެކުނުގެ ސަރަހައްދުތަކާއި ގައްޒާގެ ތަންތަނަށް އިސްރާއީލުން ހަމަލާދީ ގެތަކަށާއި ކުޑަކުދިންގެ ހޮސްޕިޓަލަކަށް ބޮޑެތި ގެއްލުންތަކެއް ދިނުމުންނެވެ. ހުޅަނގު އައްސޭރީގައި ހަތިޔާރު އެޅި ބަޔަކު ވެހިކަލަކަށް ބަޑިޖަހައި ދެ މީހަކު ވަނީ މަރާލާފައެވެ.

ހުކުރު ދުވަހުގެ ރޭ ތެލްއަވީވްގައި ހިނގި ހަމަނުޖެހުންތަކުގައި އެކަކު މަރުވެ ހަތަރު މީހަކު ޒަހަމްވިއެވެ. ޕާކެއް ކައިރީގައި ތިބި ބަޔަކު ގައިގައި ކާރެއް ޖައްސައި އުމުރުން 30 އަހަރުގެ މީހަކު ވަނީ މަރުވެފައވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *