logo minivan

English

އަންގާރަ, 23 ޖުލައި 2024
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަން އައިލެންޑަށް ވަޑައިގެންނެވުމުން ޖޭޮޕގެ އިސް ބޭފުޅުން މަރުހަބާ ވިދާޅުވަނީ

އަމީން ވިދާޅުވަނީ "މޫސުން ބަދަލުވި އިރު" އެނގުމެއް ވެސް ނުވި ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކުރީގެ ހެލްތު މިނިސްޓަރު އަމީނާ ދެމެދު އޮތް "ބޮޑު އަރައިރުން" ނިމިއްޖެކަން އަމީން ނުސީދާ ގޮތަކަށް ފާހަގަ ކުރައްވައިފި އެވެ.

އަމީން ހެލްތު މިނިސްޓަރަކަށް ހުންނެވި އިރު، 2020 ވަނަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖެއަށް އައުމުން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ގެންނަން އުޅުނު ވެންޓިލޭޓަރުތަކެއް ނުލިބި، އެކުންފުންޏަށް ފައިސާ ދިން މައްސަލައިގައި އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު ރިޔާސަތުގައި އިންނަވައިގެން ރައްޔިތުންގެ މަޖިލީހުން އެންމެ ފުޅާ ދާއިރާއެއްގައި ބެލި އެއް މައްސަލަ އަކީ ވެސް ވެންޓިލޭޓަރުތަކުގެ މައްސަލަ އެވެ.

އެ މައްސަލާގައި އަމީނާ ދެކޮޅަށް ދައުވާ ނުކޮށްގެން ނަޝީދު ވަރަށް ބޮޑަށް ނުރުހުން ވެސް ފާޅުކުރެއްވި އެވެ. އެހުރިހާ ކަމަކަށް ފަހު އެ ދެ ބޭފުޅުން ބައްދަލުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓެއް ކަމަށްވާ ސަން އައިލެންޑްގައި "އޮތް ސިޔާސީ ސައްލާ"އަކުންނެވެ.

އެ ސައްލާއަށް ނަޝީދު ސަން އައިލެންޑަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާ މަންޒަރު ފެންނަ ފޮޓޯތަކަކާއި އެކު ސޯޝަލް މީޑިއާ ޓްވިޓާއަށް އަމީން ދޫކޮށްލެެއްވި ލިއުންކޮޅެއްގައި ވިދާޅުވީ "މިއަހަރުގެ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށިއްޖެ" ކަމަށެވެ.

"މޫސުން ބަދަލުވިދުވަހު މިހުރެވުނީ ސަން އައިލެންޑްގައެވެ. ސިޔާސީ ސައްލާއަކަށެވެ. މޫސުން ބަދަލުވި އިރު އުޑުމަތި އުޖާލާކަމުން އެގުމެއްވެސްނުވިއެވެ. މޫސުމަކީވެސް ޤުދުރަތުގެ ހާދަހާބޮޑު އަޖައިބެކެވެ،" ޓްވީޓްގައި އަމީން ވިދާޅުވި އެވެ.

އޭނާގެ އެ ވާހަކަކޮޅުގައި ބޭރުފުށުގެ ލަފުޒީ މާނައަށް ވުރެ އިތުރު ސިޔާސީ މާނައެއް އޮތް ކަމަށް ދޭހަވަނީ ނަޝީދަށް މަރުހަބާ ވިދާޅުވާ މަންޒަރު ފެންނަ ފޮޓޯތަކަކާއި އެކު އެ ވާހަކަކޮޅު ލިއުއްވާފައި ވާތީ އެވެ. މޫސުމުގެ ކުލަވަރުތައް ފެންނަ ގުދުރަތީ ވެށީގެ ފޮޓޯތަކެއް ނަމަ އެގޮތަށް މާނަ ނުކުރެވިދާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީއާ އެކު މަސައްކަތް ކުރައްވަމުންނެވެ. އެ ބޭފުޅުން އިއްޔެ ސަން އައިލެންޑަށް ވަޑައިގެންނެވީ އެ ސައްލާއަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *