logo minivan

English

ބުދަ, 24 ޖުލައި 2024

މޭ އަންދާ ނަމަ ކުރެވިދާނެ ތިން ކަމެއް

ގޭސްޓްރައިޓިސް ނުވަތަ ވައިއެރުމާއި މޭ އެންދުމާއި އެސިޑިޓީގެ އުނދަގުލަކީ ވަރަށް ގިނަ މީހުނަށް ކުރިމަތިވާ ކަމެކެވެ. ހާއްސަކޮށް ރަމަޟާން މަހު ކެހުން ބެހެއްޓޭ ގޮތަކުން މިފަދަ އުނދަގޫތައް ދިމާވާލެއް ގިނަވެއެވެ. ގިނަ އިރު ނުކައި ހުރެފަ މާ ކުޅިކޮށް ނުވަތަ ތެޔޮކޮށް ކެއުމުން ވެސް މިހެން ދިމާވެއެވެ. މޭ އެނދުމަކީ ވަރަށް އުންދަގޫ އިހުސާސެއް ކުރުވާ ވޭންހުރިކަމެކެވެ. ގިނަ ފަހަރަށް ތިމާގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއުމުގެ އާދަތަކާ ގުޅުންހުރި ކަންތައްތަކެއްގެ ސަބަބުން ދިމާވާ ކަންކަމެވެ. މޭ އަންދަން ފެށުމުން ނުވަތަ ގޭހުގެ އުނދަގޫ ޖެހުމުން ވަރަށް ގިނަފަހަރު ޑޮކްޓަރަކަށް ނުދައްކާ އަމިއްލަ އަށް އެކި ބޭސް ބޭނުން ކުރެވެއެވެ.

އެގޮތަށް ބޭސް ބޭނުން ނުކޮށް ، އަމިއްލައަށް ފަރުވާހޯދަން ކުރެވިދާނެ ބައެއް ކަންތައް ތައް ހުރެއެވެ.

  1. ދޮންވެފައިވާ ދޮންކެޔޮވަކެއް ކާލުން

ދޮންކޭލަކީ އެސިޑްމަދު އެއްޗެއްގެ އިތުރުން ދޮންކެޔޮ ކާލުމުން ކާނާ ހިނގާ ހޮޅި ކަވަރުކޮށްދީ އެސިޑު މައްޗައް އެރުން ކުޑަކޮށްދެއެވެ. ދޮންކޭލުގައި  ޕޮޓޭސިއަމް ހުންނަ މިންވަރު މަތިވުމުން އެލްކަލައިން އެއްޗަކަށްވެއެވެ.  ދޮންކެޔޮ ބޭނުންކުރާ އިރު، ރަނގަޅަށް ދޮންވެފަ ހުންނަ ދޮއްކެޔޮ ކެއުން މުހިއްމެވެ. މީރު ދޮންކޭލެއް އިހްތިޔާރުކުރެވިދާނެއެވެ. މިސާލަކަށް ސަންފާކެޔޮ ނުވަތަ ފުސްކެޔޮ ބޭނުންކުރެވިދާނެއެވެ.

  1. ފިނިކޮށްފަ ހުރި ކިރު ބުއިން

އެސިޑިޓީ އާއި މޭ އެންދުމަށް ލުއިއެއް ލިބޭ އެންމެ މޮޅު އަނެއް ފަރުވާއަކީ ކިރެވެ. ފިނި ކޮށްފަހުރި ކިރުތައްޓެއް ބޯލުމުން ބަނޑުގައި އެސިޑްއުފެދުން ހުއްޓުވައި ފިނިކަން ގެނެސްދެއެވެ. މިގޮތަށް ބޯން އެންމެ ރަނގަޅުވާނީ އެހެން ރަހަތަކާއި ފޮނިކަން ނުހިމެނޭ ސާފު ކިރެވެ. އެގޮތުން ތާޒާ ގެރިކިރު ނުލިބޭނަމަ ފިނިކޮށްފަ ހުންނަ ފުލްކްރީމް މިލްކު ބޭނުންކުރެވިޑާނެއެވެ. މޭ އެނދުމަށް މިއީ ވަރަށް އަވަސް ހައްލެކެވެ.

  1. އެލޯވޭރާ ޖޫސް

މޭ އެންދުމަށް ދެން އެންމެ އަވަސް ލުއެއް ލިއްބައިދޭ އެކަށްޗަކީ އެލޯވޭރާ ޖޫހެވެ.  އެލޮވޭރާ އަކީ އެންމެ ގިނައިން ޕޮލިސެކަރައިޑްސް ހިމެނޭ ޖޫސް ހެދުމަށް އެންމެ އެކަށީގެންވާ ފަތެވެ. ތާޒާ އެލޯވެރާ ޖޫސް ނުލިބިއްޖެނަމަ، އަވަސް ލުޔެއް ހޯދުމަށް ކަންމަތީ ފިހާރައަކުން އަލޮވޭރާ ޖޫސް ފެކެޓެއް ގަނެގެން ވެސް ބޭނުންކުރެވިދާނެއެވެ.

އެސިޑް ރިފްލަކްސް ނުވަތަ މޭ އެންދުން ބޮޑުވެ، މިއިން ކަމަކުން ވެސް ލުޔެއް ނުލިބިއްޖެ ނަމަ އަމިއްލައަށް ބޭސްބޭނުންކުރުމުގެ ބަދަލުގަ، ޑޮކްޓަރެއްގެ ލަފާހޯދުމަކީ މުހިންމުކަމެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ދޮންކެޔޮއަކީ ގޭސްޓްރައިޓިސް މީހުންނަށް މަނާއެއްޗެއް މި ލިޔުން ކޮޕީ ޕޭސްޓު ކުރިޔަސް މީ ދެން ބޮޑުވަރު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *