logo minivan

English

އަންގާރަ, 16 ޖުލައި 2024

ރާއްޖެއާއި ޕާކިސްތާނައި ދެމެދު ސީދާ ވައިގެ ދަތުރު ފަށަން މަޝްވަރާކޮށްފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރު ފެށުމަށް، ދެގައުމުގެ ދެމެދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ، ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުހައްމަދު ފައްޔާޒް ގިލާނީ،  ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތެއްގައި ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި  ދެބޭފުޅުން ދެ ގައުމުގެ މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން ވެސް މަޝްވަރާކުރެއްވިއެވ. އަދި ވައިގެ ދަތުރުފަތުރުގެ އިތުރުން، ފަތުރުވެރިކަމާއި ސަގާފީ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާއިންނާއި، ތަމްރީނާއި ތައުލީމްގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވެވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި މަޝްވާރާތައް ކުރަމުންދާ އެމް.އޯ.ޔޫ ތައް އަވަހަށް ނިންމުމަށްވެސް މަޝްވަރާކުރެއްވިއެވެ.

ދިވެހިރާއްޖެއިން ޕާކިސްތާނާ ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *