logo minivan

English

އަންގާރަ, 16 ޖުލައި 2024

ފަހު 10 ގެ ފުރަތަމަ ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަނީ

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް ރޯދަމަހުގެ ފަހު ދިހައިގެ ފުރަތަމަ ދުވަހުން ފެށިގެން ( ރޯދަމަހުގެ 20 ވަނަ ދުވަހުން ފެށިގެން) އެ ފުރުސަތު ހުޅުވައިލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރޯދަމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޯދަމަހުގެ 29 ވަނަ ދުވަހާ ހިސާބަށް އޮންނާނެ ކަމަށެވެ. ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދައްކަން ޖެހޭ މިންވަރަކީ އެ ބަޔަކު އާއްމުކޮށް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. ރާއްޖޭގައި ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަންނާނެ ބާވަތްތަކަކީ އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަންފުށް އަދި އާޓާފުށެވެ.

މާލޭގައި ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުން ކުރިއަށް ގެންދާނީ މަޖީދިއްޔާ ސްކޫލުގެ ޞަލާޙުއްދީން ހޯލުގަ އެވެ. އެތަނަށް ވަދެވޭނީ ކުރީގެ ދަރުމަވަންތަ ސްކޫލުގެ މައި ދޮރާށިން (އަމީރުއަހުމަދު މަގުގައިވާ ދޮރާށިން) ނެވެ. ގޮވާމުން ޒަކާތް ބަލައިގަންނާނެ ގަޑިތަކަކީ ހުކުރު ދުވަސް ފިޔަވާ އެެހެން ދުވަސްތަކުގެ ހެނދުނު، 10:00 އިން 12:00 އަށް، މެންދުރު ފަހު 1:00 އިން 3:15 އަށް އަދި ރޭގަނޑު 9:00 އިން 10:30 އަށެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *