logo minivan

English

ހޮނިހިރު, 13 ޖުލައި 2024

އެމްޓީޑީގެ ފަރާތުން ޖޭޕީއާ މަޝްވަރާކުރާނީ މިޓީމުން!

ކުރީގެ ނައިބުރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވާ މޯލްޑިވްސް ތާޑުވޭ ޑިމޮކްރޭޓްސް (އެމްޓީޑީ)އިން ޖުމްހޫރީ ޕާޓީއާ މަޝްވަރާކުރާނެ ޓީމެއް އެކުލަވާލައިފި އެވެ.

އެމްޓީޑީން މިރޭ ކުރި ޓްވީޓެއްގައި ބުނީ އެ ޕާޓީގެ ފަރާތުން ޖުމްހޫރީ ޕާޓީއާ އެކު މަޝްވަރާތައް ކުރިއަށް ގެންދާނީ ތިން ބޭފުޅުންގެ ޓީމަކުން ކަމަށެެވެ. އެއީ އެޕާޓީގެ ސީނިއާ ކައުންސިލް މެމްބަރު އަބްދުއް ރަޝީދު ނާފިޒާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު އަޝްރަފް (ޝުމްބާ) އާއި ލީގަލް އެޑްވައިޒަރު މުހައްމަދު ހަލީމެވެ.

ޒުވާނުންގެ މެދުގައި އެންމެ މަޤްބޫލް އެމްޑީޓީއަށް ޤާސިމްގެ ދައުވަތު!

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ފަރާތުން ނުކުމެވަޑައިގަންނަވާ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ އެޕާޓީން ހަދާ ކޯލިޝަނުގައި ބައިވެރިވުމުގެ ދައުވަތު އެމްޓީޑީއަށް ދެއްވައިފަ އެވެ. ގާސިމް ސޮއިކުރައްވައި އެމްޓީޑީއަށް ފޮނުވި ސިޓީގައި ވިދާޅުވީ ގިނަ ބައެއްގެ ބައިވެރިވުން އޮންނާނެ ގޮތެއްގެ މަތީން ގައުމުގެ ކަންކަން އިސްލާހުގެ މަގަަށް ގެންދިއުމަށް މަގުފަހި ކުރުމަށް އެމްޓީޑީއާއެކު މަޝްވަރާ ކުރައްވަން އެދިވަޑައިގަންނަވާ  ކަމަށެވެ. އަދި ޖޭޕީއާއެކު މަޝްވަރާ ކުރުމަށް ދައުވަތު ދެއްވާ އެމްޓީޑީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނެ ބޭފުޅުންގެ ނަންތައް ފޮނުވުމަށް ވެސް ގާސިމް އެދިވަޑައިގެންނެވި އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *