logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.8 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ، އަތުލައިގަނެވުނު މަސްތުވާތަކެއްޗަކީ މިދިޔަ މަހުގެ 29 އަދި 31 ވަނަ ދުވަހު ކުރިއަރ މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖްތަކެއްގެ ތެރެއިން ފެނުނު ކޮސްމެޓިކްސްތަކެއްގެ ތެރޭގައި ހުރި މަސްތުވާތަކެތި ކަމަށެވެ.

މިގޮތުން މިދިޔަ މަހު 29ވަނަ ދުވަހު ބަލައި ފާސް ކުރި ދެ ޕެކޭޖެއްގެ ތެރޭގައި ހުރި ހަ ދަޅަކުން، އަދި މިދިޔަ މަހުގެ 31ވަނަ ދުވަހު ބަލައި ފާސްކުރި ޕެކޭޖެއްގެ ތެރޭގައި ހުރި ހަތަރު ދަޅަކުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މިތަކެތީގެ ޕެކިންއާއެކު ޖުމްލަ 1800 ގްރާމް ހުރިއިރު، މި ތަކެތީގެ މަގުމަތީގެ އަގު 3،240،000.00 (ތިން މިލިއަން ދެލައްކަ ސާޅީސްހާސް) ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ހަވާލުކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *