logo minivan

English

ބުދަ, 24 ޖުލައި 2024

މ. އަތޮޅުގައި ހަދާ ބަނދަރުން މަސްވެރިންނަށް ބޮޑެތި ލުއިތަކެއް ލިބޭނެ: މިފްކޯ

މ. މުލަކުގައި ތަރައްގީކުރާ ބަނދަރާއެކު މަސްވެރިންނަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، (މިފްކޯ) އިން ބުނެފި އެވެ.

 

މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ރާއްޖެ ޓީވީ "ފަލަސުރުޚީ" ޕްރޮގްރާމްގައި ރޭ ވިދާޅުވީ މ. އަތޮޅުގައި މިފްކޯއިން ތަރައްގީކުރަމުން އަންނަ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ ޝީޓް ޕައިލްކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަޝްރޫއު ނިމުމުން އެ އަތޮޅުގެ މަސްވެރިންނަށް ފަސޭހަކަމާއިއެކު ކޮންމެ ދުވަހަކުވެސް މަސް ކިރުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މުލަކުގައި ހަދާ މިފްކޯ ބަނދަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިންނަށް މަސްކިރޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ހިންގާ މަޝްރޫއެއްގެ ތެރެއިން ތަރައްގީކުރާ ބަނދަރެއް ކަމަށެވެ. މި މަސައްކަތްކުރަމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިންނެވެ.

މ. ފިޝަރީޒް ކޮންޕްލެކްސްގައި ގާތްގަނޑަކަށް 100 ޓަނުގެ ބްރައިން ފްރީޒިންގއާއެކު 500 ޓަކުގެ ސްޓޯރޭޖެއް ގާއިމްކުރެވޭނެ ކަމަަށާއި މިއީ މަސްވެރިންގެ އަތުންދާ ހަރަދަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށް ފައުޒީ ވިދާޅުވިއެވެ.

"މ. އަތޮޅު މުލަކުގައި ފިޝަރީޒް ކޮންޕްލެކްސްއެއް ގާއިމް މިކުރަނީ. ގާތްގަނޑަކަށް 100 ޓަނުގެ ބްރައިން ފްރީޒިންގއާއެކު 500 ޓަކުގެ ސްޓޯރޭޖެއް އޭގައި ގާއިމް ކުރެވޭނެ. އެހެންވީމަ މ. އަތޮޅުގައި ހިމެނޭ ރަށްތަކުގައި ކައިރީ އަތޮޅުތަކުގައި ފަސޭހައިން މަސްކިރުމުގެ ނިޒާމު ހަމަޖެހޭނެ. ހާއްސަކޮށް ދެކުނު މަސްވެރިންނަށް ރަނގަޅު އިންތިޒާމެއް ހަމަޖެހޭނެ. އަޅުގަނޑު ދަންނަވާނީ އެއީ މަސްވެރިންނަށް ލިބިގެންދާ ވަރަށް ލުއެއް ކަމަށް."

އެމްޓީސީސީ އިން ދިން އެންމެ ފަހުގެ މައުލޫމާތުގައި ވާގޮތުން، އެ މަޝްރޫއުގެ ޝީޓް ޕައިލް ހަރުކުރުމުގެ މަސައްކަތް މިހާރު މިނިފައިވާއިރު، ބިން ހިއްކުމުގެ މަސައްކަތުގެ 18 އިންސައްތަ ފުރިހަމަކޮށްފައިވާ ކަމަށާއި އަދި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 22 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި މިއީ 52.95 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *