logo minivan

English

ހޮނިހިރު, 13 ޖުލައި 2024
ރައްޔިތުންގެ މަޖިލިސް

ސަން ސިޔާމާ ގުޅޭ ރިޕޯޓް ލިއުނު ނޫސްވެރިއަކަށް ދިން އިންޒާރުގެ މައްސަލަ މަޖިލީޙަށް

"ސިޔާމާއި ހިލްޓަންގެ މައްސަލަ: ރާއްޖެއިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް" މި ސުރުޚީގެ ދަށުން "ދައުރު" ނޫހުގެ ނޫސްވެރިޔާ އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނާްއިފު ލިއުނު ރިޕޯޓަކާ ގުޅިގެން އޭނާއަށް މަރުގެ އިންޒާރު ދިން މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވީ މީގެ ކުރިން ވެސް ނޫސްވެރިންނަށް ދީފައިވާ މަރުގެ އިންޒާރުތަކާއި ހަމަލާތަކުގެ ފުރިހަމަ ތަހުގީގެއް ކޮށް އިންސާފު ގާއިމްކޮށްދެވިފައި ނުވާ ކަމަށެވެ. ނޫސްވެރިންނަށް ހަށިފުރާނައިގެ ރައްކާތެރިކަން ކަށަވަރުވެފައިވާ މާހައުލެއް ރާއްޖޭގައި އަދިވެސް ބިނާކޮށްދެވިފައި ނުވާ ކަމަށް ވެސް ކުއްލި މައްސަލައިގައި އާޒިމް ވިދާޅުވި އެވެ.

"…ނޫސްވެރިންނަށް އަލުން މިގޮތަށް އިންޒާރު ދިނުމަށް ފަހު ފިޔަވަޅު ނޭޅޭ ނަމަ އެކަމަކީ ނޫސްވެރިންނަށް ރައްކާތެރިކަމެއް [ނުލިބި]، ނުވަތަ އިތުރަށް ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާނޭ ކަމަކަށް ވާތީ ނޫސްވެރިންނަށް ދޭ މިފަދަ މަރުގެ އިންޒާރުތަކުގެ މައްސަލަތަކާއި މެދު ސަރުކާރުގެ ތަހުގީގީ އިދާރާތަކުން ފުރިހަމައަށް ސަމާލުކަންދީ  އަވަސް ފިޔަަވަޅު އެޅުމުގެ ގޮތުން މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 170 ވަނަ މާއްދާގެ ދަށުން އަޅުގަނޑު ހުށަަހަޅާ ކުއްލި މައްސަލައެއް [މިއީ] ކުއްލި މައްސަލަ ހުށަހަޅުއްވަމުން އާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ މިއަދު ބަލައިގަތީ އެކަމަށްޓަކައިި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 19 މެމްބަރުންގެ ތެރެއިން 18 މެމްބަރަކު ވޯޓު ދެއްވައިގެންނެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ވަކި ގޮތަކަށް ވޯޓު ނުދެއްވައި އެއް މެމްބަރަކު އިންނެވި އެވެ.

ދައުރު ނޫހުގެ ނޫސްވެެރިޔާ އަހުމަދު ނާއިފަށް އިންޒާރު ދިން މައްސަލާފައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން ހިލްޓަން މައްސަލައިގެ ރިޕޯޓާ ގުޅޭ ގޮތުން އެ ނޫހުގެ އެޑިޓަރަކަށް ފުރަތަމަ ގުޅުއްވީ ސީދާ ސިޔާމެވެ. އެ ރިޕޯޓް ނަގަން އޭނާ އިންޒާރު ކުރެއްވި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"ސަން ކުންފުނީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމު ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ނޫހުގެ ސީނިއާ އެޑިޓަރަކަށް ފޯނުން ގުޅުއްވައި ކޯފާ އިސްކުރައްވައި ވާހަކަދައްކަފައިފަ އެވެ. އަދި ފަހުގެ އިންޒާރު ދެއްވަނީ ކަމަށް ވިދާޅުވެ، އާޓިކަލް ވަގުތުން ނަގަން އަހުމަދު ސިޔާމު އެންގެވި ކަމަށް ނޫހުން މައުލޫމާތު ދިނެވެ،" އެމްޖޭއޭގެ ބަޔާނުގައި ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *